ads
ޑރ. ޖަމީލް
ރާއްޖޭގެ އެންމެންނަކީ ބާލިގު ނުވާ ކުދިންނަށް ހަދައިގެން ނުވާނެ: ޖަމީލް
ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ކަންތައްތަކެއް ނުވިސްނޭ ބާލިގު ނުވާ ކުޑަކުދިންތަކަކަށް ހޯމް މިނިސްޓަރު ހައްދަވައިގެން ނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ލުއިތަށް ދިނުމަށްފަހު، ރާއްޖޭގެ ރައްޔިތުންނަކީ އެއްޗެސް ނުވިސްނޭ ބާލިގު ނުވާ ކުދިންތަކެއް ކަމަށް ދައުލަތުގެ ވަޒީރު ނިންމަވައިގެން ނުވާނެ ކަމަށެވެ. 

ޖަމީލް ވިދާޅުވީ އަދީބަށް ދައުލަތުން ލުއި ދިނީ ކޮންމެހެން ނިދަން ބޭނުންވާ ވަކި މެޝިނެއް ނުވަތަ އެ މެޝިނުގެ ޕްލަގެއް ނެތިގެން ނޫން ކަމަށާއި، އެއީ ރައީސް ޔާމީން އާއި ދެކޮޅަށް އަދީބު ހެކިބަސް ދިނުމުން އެކަމުގެ ހަދިޔާއެއްގެ ގޮތުން ކުރި ކަމެއް ކަމަށެވެ. 

ޖަމީލް ވިދާޅުވީ ސަރުކާރުން އެމްއެމްޕީއާރުސީގެ މައްސަލާގައި އިންސާފު ހޯދައިދިނުމުގެ ނަމުގައި މިކަންކަން ކުރާއިރު، އެމްއެމްޕީއާރުސީގެ މައްސަލައަކީ ރައިސް ޔާމީންގެ ވެރިކަމުގައި ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން ޖަމީލް ވަނީ، މި ތަހުގީގުގައި 200 އެތައް މީހެއްގެ މައްޗަށް ތުހުމަތު ކޮށްފައި ވާއިރު އެމީހުން ކޮބައިތޯ އާއި އެމީހުންގެ މައްޗަށް އުފުލުނު ދައުވާއަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން ޑރ، ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އިންސާފުވެރި ކަމާއިއެކު ދައުވާ ކުރުމުގެ ބަދަލުގައި ސީދާ ވަކި ގޮތަކަށް ވަކި ފަރާތެއްގެ މައްޗަށް އަމާޒުކޮށްގެން ހިންގޭ މައްސަލައަކަށް ވެއްޖެ ކަމަށާއި، ރައީސް ޔާމީން ނޫން ފަރާތެއް މިމައްސަލާގައި ނެތް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް