ads
ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ށ.މާއުނގޫދޫ، ރޯޒްލީން އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ މިއަދު ޢައްޔަން ކުރެއްވުން---
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް މިއަދު އައްޔަންކުރައްވާފައިވަނީ ށ. މާއުނގޫދޫ، ރޯޒްލީން އަލްއުސްތާޒް އަބްދުއްސަލާމް އަލީ އެވެ. 

އަލްއުސްތާޒް އަބްދުއްސަލާމް މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒާ އާއިޝަތު ރިޒްނާ އެވެ.

އާއިޝަތު ރިޒްނާ އަކީ ސިވިލް ކޯޓްގެ ރަޖިސްޓްރާގެ މަގާމު މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމާއި ހަވާލުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް