ads
މޯލްޑިވިއަން--
ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑް މޯލްޑިވިއަން އަށް!
ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި އެވޯޑް ހަފްލާގައި އެވޯޑާ ހަވާލުވެ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ ދެއްވި މެސެޖްގައި ވިދާޅުވީ މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެއްކަމަށެވެ.

އަދި ޖެނިފާ ވަނީ ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. އަދި ޓޫރިޒަމްއާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާ، އެ އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.  

ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑްކެޓަގަރީން މީގެ ކުރިން ވެސް މޯލްޑިވިއަންއަށް ވަނީ ދެ ފަހަރެއްގެ މަތިން ސާޓާ އެވޯޑް ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް