ads
ވީޑިއޯ
ފުވައްމުލަކަށް އާދަޔާ ހިލާފަށް ގިނައިން ފުޅަނގި އަރައިފި
ފުވައްމުލައް ސިޓީއަށް ހުޅަމަހާ (ފުޅަނގީގެ) އީދެއް އަތުވެއްޖެ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު އާދަޔާ ހިލާފަށް ގިނައިން އެ ސިޓީއަށް ފުޅަނގި އެރިކަމަށެވެ. 

"ހަ ސަތޭކަ ވަރަކަށް މީހުން ހުޅަމަހާ ހޮވި ކޮންމެ މީހަކު 10 ވަރަކަށް ފުޅަނގި ގެންދިޔަ. ބައެއް މީހުން ހަ ވަރަކަށް ހުޅަމަހާ ހޮވި،" 

އޭނާ ބުނީ އެ ސިޓީއަށް ކޮންމެ ދުވަހަކު ވެސް ހަވީރު ގާތްގަނޑަކަށް 15:30 އިން 18:30 އާއި ދެމެދު ފުޅަނގު އަރާކަމަށެވެ. 

އޭނާ ބުނީ މިއަދު އާދަޔާ ހިލާފަށް ގިނައިން ފުޅަނގި އެރިކަމަށެވެ.

ފުޅަންގަކީ އުދުހޭ މަހެކެވެ. އެހެން ކަމުން އެ މަހަށް އުދުހިފައި އަތިރިމައްޗާއި ރަށުތެރެއަށް އެރެއެވެ. 

ރާއްޖޭގެ ބައެއް ރަށްރަށަށް ދޭތެރެ ދޭތެރެއިން ފުޅަނގި އަރައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް