ads
ފޭދޫ ދާއިރާގެ މެންބަރު ނިހާދް
ދިވެއްސަކު މަރުވުމުން އަލިފާނަށްލައި އަންދަން އެދޭނީ ކާކު: ނިހާދު
ދިވެއްސަކު މަރުވުމުން އަލިފާނަށްލާ އަންދަންއެދޭނީ ކޮން އާއިލާއެެއްގެ ކާކުތޯ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސުވާލުއުފައްދައިފި އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އަންދާލުމުގެ ބަދަލުގައި ރައްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން މަޝްވަރާތައް ކުރަަމުންދާ ދަނޑިވަޅުގައި އެކަމާއި އެކިފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް ހިޔާލުފާޅުކޮށް ބަހުސްކުރަމުންނެވެ. 

އެގޮތުން މެމްބަރު މުހައްމަދު ނިހާދު ވަނީ "ދިވެއްސަކު މަރުވުމުން އަލިފާނަށްލާ އަންދަންއެދޭނީ ކޮން އާއިލާއެެއްގެ ކާކުތޯ" ސުވާލު އުފައްދާފައެވެ.

މެމްބަރު ނިހާދު ވަނީ ކިތައް ދިވެހިން ލަންކާގައި ނުވަތަ އިންޑިއާގެ ސަހަރާގައި ވަޅުލާފައިވޭތޯ ވެސް ސުވާލުއުފައްދާފައެވެ.

"ގައިމު އަންދައެއް ނުލާ. ބިމުގައި ވަޅުލުން އެއީ މައްސަލައަކަށް ނަހަދާ. އެތާ ވެރިންނަށް ވެސް ތިބީ މުސްލިމުންނެއް ނޫން. މުސްލިމް ގައުމަކުން މުސްލިމުންނަށް އެހީވާން އުޅުނީމަ ކިހިނެތް ވެގެން މި ތެޅިގަތީ. ބޭސް ހުސްވީ ބާ؟" މެމްބަރު މުހައްމަދު ނިހާދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހަތަރު ޖީލެއްގެ "ލީޑަރުން" ސްރީލަންކާގައި ވަޅުލާފައިވާ ކަމަށާއި، އެހެންކަމުން ކޮވިޑާއި ގުޅިގެން މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. 

ނަޝީދު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ލަންކާގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ވަޅުމުގައި އިސްލާމީ އުސޫލާއި އެއްގޮތަށް އެކަން ކުރުމަށް ރާއްޖެއާއި އެގައުމާއި ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ތާއީދު ކުރައްވާ ކަމަށާއި، ލަންކާ އަކީ އަބަދުވެސް ރާއްޖޭ އާއި ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. 

ލަންކާގެ މުސްލިމުން ތަހައްމަލް ކުރަމުންގެންދާ ކެކުޅުންތަކުން ސަލާމަތް ކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ތާއީދުކޮށް އެއްބާރުލުން ދޭން ޖެހޭކަން ފާހަގަކުރަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އެއްވެސް މުސްލިމަކަށް އަނިޔާއެއް ލިބޭނަމަ އެކަމަށް އިންކާރުކޮށް، އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި މީސްތަކުންނަށް އެހީވާން ޖެހެނީ، އެމީހުންގެ ފަރާތުން ލިބޭނެ މާއްދީ ނުވަތަ މައުނަވީ ފައިދާ އަކަށް އެދިގެން ނޫން ކަމަށާއި، ﷲ އަށް ޓަކައި ކަމަށެވެ. 

ނަމަވެސް މިކަމުގަައި އެކި ބޭފުޅުންގެ ހިޔާލުތައް ތަފާތުވެ ބަހުސްތައް ހޫނު ވެފައިވާއިރު، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، ނައްސަކުން ސާބިތު ނުވާ ކޮންމެ ކަމެއް ވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅާއި ނުބަޔަށް ބެލުމަށް ފަހު ކަމަށާއި، އެކަމަށް ރާއްޖެއިން އެއްބަސްވެއްޖެ ނަމަ އެއީ ލަންކާއިން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ދެވޭ އެއްބާރުލުމަކަށް ވެދާނެ ކަމަށެވެ.  

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އަންދާލުމުގެ ބަދަލުގައި ރާއްޖޭގައި އެމީހުންގެ ހަށިގަނޑު، އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޖަނާޒާގެ ކަންކަން ހަމަޖައްސައި ދިނުމަށް އެދުނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އަދި އެކަމުގެ މަޝްވަރާތަށް ފެށުމާއިއެކު ބޮޑު ބަހުސެއް ވަނީ އުފެދިގެން ގޮސްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް