ads
ޅ. މާފިލާފުށީގައި
މާފިލާފުށީގައި "ސެނަހިޔާ ނޮދަން" ގެ ނަމުގައި ކްލިނިކެއް ހުޅުވައިފި
ޅ. މާފިލާފުށީގައި "ސެނަހިޔާ ނޮދަން" ގެ ނަމުގައި ކްލިނިކެއް ހުޅުވައިފި އެވެ.
 އެ ކްލިނިކް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އެ ކްލިނިކް ހުޅުވައިދެއްވާ ވާހަކަަ ދައްކަވަމުން މިނިސްޓަރު ވިދަޅުވީ އެ ކްލިނިކަކީ، ސިފައިންނަށް ސިއްހީގޮތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް، ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި، ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އެ ކްލިނިކަކީ ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅުކޮށް، ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ތަސައްވުރަށް ލިބިގެންދިޔަ ދިރުމެއް ކަމަށްވެސް މިނިސްޓަރު މަރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
އެކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި، ސީޑީއެސް.ސްގެ ޖެނެރަލް އޮފިސާ ކޮމާންޑިން ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޮދަން އޭރިޔާ ކޮމާންޑާ ކާނަލް އިސްމާއިލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް