ads
ޅ.މާފިފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އެޅުން
ޗަމްޕާ މުހައްމަދުގެ އެހީތެރިކަމާއިއެކު އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކުގެ ބިންގާ އަޅައިފި
އަލްފާލިލް ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފި އެވެ.

އެ ބުލޮކްގެ ބިންގާ, އަޅުއްވާދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗަމްޕާ މުހައްމަދު މޫސާ އެވެ. 

މާފިލާފުށީގައި އަޅާ އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ ޗަމްޕާ މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ ހަ ކޮޓަރިއެވެ.

އެއިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ ޗަމްޕާ މުހައްމަދު މޫސާއަށް ޝުކުރުއަދާކުރައްވާފަ އެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަގައި ސިފައިންގެ އުމްރާނީ ތަރައްގީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެ އިމާރާތުގެ ބިންގާއެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން އަލްފާޟިލް ޗަމްޕާ މުހައްމަދު މޫސާއާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑާ ކާނަލް އިސްމާއިލް ޝަރީފް ބައިވެރިވެލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް