ads
ޑރ. ޖަމީލް--
ޕީޖީ، ފެންނަނީ ސަރުކާރުގެ ކުށް ފޮރުވާ އިދާރާއެއްގެ ގޮތުގަ: ޖަމީލް
މި ސަރުކާރަށް ދެ އަހަރު ފާއިތުވެގެންދިޔައިރު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ފެނިގެންދަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިގޮތަށް ވިދާޅުވެފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ކުރިއަށްދާ ތަހުގީގަކާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ޖަމީލް ވަނީ ސަރުކާރަށް ދެ އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި ދެ މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ ވެސް ސުވާލު އުފެއްދެވި އެވެ.

ޖަމީލް ވިދާޅުވީ ވަކި ބަޔަކަށް ދައުވާކުރާ މަންޒަރު މިހާރު ފެނިގެންދާއިރު ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް ކަމަށެވެ.


އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އިން އޭރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނަށް ވެސް ފައިސާ ލިބުން ކަމަށް ތަހުގީގީ އިދާރާތަކުން ބުނެ އެވެ. އެ ހިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް