ads
މާލެ މަގު ހަދަނީ
ލޯފަން މީހުންނަށް ހާސަ "ބްރައިލް ބްލޮކްސް" މާލޭ މަގުތަކުގައި ހަރުކުރަނީ
ލޯފަން މީހުންނަށް ފަސޭހައިން ހިނގާބިގާވެ އުޅެވޭނެހެން މަގުތަކުގައި ބްރައިލް ބްލޮކްސް މާލޭ މަގުގައި ހަރުކުރަން ނިންމާފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސީނިއަރް މެނޭޖަރ އިސްމާއީލް މިއުރާޖް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގައި ދަތިތަކެއް ކުރިމަތިވީނަމަވެސް އާރްޑީސީން މަސައްކަތް ދޫކޮށްލާއިރު މާލޭގެ މަގުތަކަކީ އާއްމުންނަށް ހުރިހާ ގޮތަކުންވެސް ފަސޭހަ ތަނަކަށް ވެގެންދާނެކަމަށެވެ.

your imageމަގެއްގައި ބްރައިލް ބްލޮކްސް ހަރުކޮށްފަ

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާ ނިމޭއިރު ލޯފަން މީހުންނަށް ފަސޭހައިން ހިނގާބިގާވެ އުޅެވޭނެހެން މަގުތަކުގެ ގާތަކުގެ ޑިޒައިންނަށް ބަދަލު ގެނެވިދާނެ" - ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން-

މަސައްކަތް ނިމޭއިރު ތަރައްގީވެފައިވާ ގައުމުތަކުގެ މަގުތަކުގައި ހުންނަ ގޮތަށް ބްރައިލް ބޮލްކްސް ހަރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

ބްރައިލް ބްލޮކްސްއަކީ ލޯފަން މީހުންނަށް ހާއްސަކޮށް ފަރުމާކޮށްފަ މަގުމަތީގެ ހުންނަ ނިޝާންތަކެކެވެ.

އެންމެ ބޮޑު ފޯކަސްއަކީ މަގުތަކުގައި ދަތިކަމެއްނެތި ހިނގޭނެ ގޮތް ހެދުމަށާއި މަގުތައް ބޭނުންކުރާ ލޯފަން މީހުންނަށް ހާއްސަކޮށް ބްރައިލް ބްލޮކްސް ނިޝާން މަގުތަކުގައި ހަރުކުރާ ގޮތަށް މަގުތައް ޑިޒައިންކުރެވިގެންދާނެކަމަށް އިސްމާއީލް މިއުރާޖް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

"އަލަށް ހަދާމަގުތައް ހަދާނީ ހަތަރު ޑިޒައިނަކަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އާއި ނެއިބަރ ހުޑް ޕެޑެސްޓްރިއަން ރޯޑްގެ ޑިޒައިންތަކަށް"



މާލޭގެ މަގުތައް ހެދުމަށް މިއަހަރުގެ ޖެނުއަރީމަހު އާރްޑީސީއާ ހަވާލުކޮށްފައިވާއިރު އެންމެ ފުރަތަމަ އެކުންފުނިން ހަދަން ފަށާފައިވަނީ ކަނބާއައިސާރަނިހިނގުން ހިމެނޭ ސަރަހައްދުގައެވެ. މިހާރު ފުރަތަމަފިޔަވަހީގެ ދަށުން ކުރަމުން އަންނަ މަސައްކަތުގައި އެސަރަހައްދުގެ ބޭރުމަގުވަނީ ހަދާނިމިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް