ads
ގއ ދާންދޫ. ފޮޓޯ: ދާންދޫ ކައުންސިލް
ދާންދޫގައި އެކްސިޑެންޓެއްވެ 3 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
ގއ.ދާންދޫގައި ދުއްވާފައި ދިޔަ ސައިކަލެއް 3 އަހަރުގެ ކުއްޖެއް ގައިގަޖެހި ހިނގި އެކްސިޑެންޓެއްގައި ކުއްޖާއަށް ސީރިއަސް އަނިޔާތަކެއްވެ ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ދާންދޫގައި މިއަދު 18:10 ހާއިރު ހިނގި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، އެކްސިޑެންޓުގައި އަނިޔާވި 3 އަހަރުގެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއްވެ ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ސައިކަލު ދުއްވަންއިން މީހާއަށް ލިބުނު އަނިޔާތަކަށް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ފަރާތެއް ކަމަށެވެ. އަދި މި އެކްސިޑެންޓުގެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް