ads
ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންތަކެއް---
އެމެރިކާގެ ފަތުރުވެރިންނަށް ހާއްސަކޮށް ސެޝަނެއް ބާއްވައިފި
އެމެރިކާގެ ފަތުރުވެރިންނަށް ހާއްސަކޮށް އެގައުމުގެ ޓްރެވަލް އޭޖެންސީ އެއް ކަމަށްވާ "ކުއެސްޓެކް ޓްރެވަލް" އާއި ގުޅިގެން އެމްއެމްޕީއާރުސީން ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެ ސެޝަންގެ މަގްސަދަކީ އެމެރިކާގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި ހިތްފަސޭހަ މަންޒިލަކީ ރާއްޖެ ކަމުގައި އިޝްތިހާރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ކުއެސްޓެކް ޓްރެވަލާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަންގައި އެމެރިކާގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމާއި، ފަތުރުވެރިކަމުގެ ބާވަތްތަކާއި ގުޅޭ ގޮތުން ސެޝަންގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

ސެޝަންގެ ބައިވެރިންނާއި މުހާތަބު ކުރައްވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަަމަށްޓަކައި ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކާއި، ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ފުރަބަންދަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެމެރިކާ އިން 16،754 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެ މުއްދަތުގައި ހަތަރުވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމަކީ އެމެރިކާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބޭރުގެ 22 މާކެޓަކަށް އަމާޒުކޮށް މިއަހަރުގެ މިހާތަނަށް 412 އަށް ވުރެ ގިނަ ހަރަކާތްތައް ހިންގާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް