ads
ލިވަޕޫލްގެ ފިރްމީނޯ
ފަހު މިނިޓްގައި ޖެހި ލަނޑާ އެކު ލިވަޕޫލް އެއްވަނައަށް
ފަހު މިނިޓްގައި ޖެހި ލަނޑާއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއްވަނަ މަގާމަށް އަރައިފިއެވެ. ބުދަ ދުވަހުގެ ރޭ ޓޮޓެންހަމާ ލިވަޕޫލު ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ފަހު މިނިޓްގައި ފިރްމީނޯ ޖެހި ގޯލާ އެކު ލިވަޕޫލް އެއްވަނަ މަގާމަށް އެރީ އަށާވީސް ޕޮއިންޓާ އެކުއެވެ. ދެވަނައިގަ ޓޮޓެންހަމް އޮތީ ފަންސަވީސް ޕޮއިންޓާ އެކުއެވެ. ދެ ޓީމުވެސް ކުޅެފައިވަނީ ތޭރަ މެޗެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ލިވަޕޫލުންނެވެ. ލިވަޕޫލުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ ތެރޭގައި މުހައްމަދު ސަލާހުއެވެ. އޭނގެ އިރުކޮޅެއް ފަހުން ޓޮޓެންހަމުން އެއްވަރު ކުރި ލަނޑު ޖެހީ ސޮން ހެއުން މިންއެވެ. މެޗުން ލިވަޕޫލް މޮޅުވެ ތިން ޕޮއިންޓް ކަށަވަރުވި ލަނޑު ފިރްމީނޯ ޖެހީ ނުވަދިހަ ވަނަ މިނިޓްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް