ads
ރާއްޖެއަށް އައި ފަސްލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާ އެއް ކިޔައިފި. އެހެންކަމުން ސަރުކާރުން ކުރި އަމާޒަށް މިހާރު ވަނީ ވާސިލްވެވިފައި--- ފޮޓޯ: ރާއްޖެޓީވީ ލައިވް
އަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ
ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އަތުވެއްޖެ އެވެ.

އަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ އަށް ސަގާފީ ހަރަކާތްތަކާއި އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ. އެ ފަތުރުވެރިޔާ އައިސްފައިވަނީ އެމިރޭޓްސްގެ ފްލައިޓަކުންނެވެ.

ރާއްޖޭގެ މީޑިއާތަކުން ކުރި އިންޓަވިއުގައި އެ ފަތުރުވެރިޔާ ވަނީ ދެވަނަ ފަހަރަށް ވެސް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ. އަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.

your imageފަސްލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް ކުރިއަށް ގެންދެވުނު ހަރަކާތުގެ ތެރެއިން---

މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޖަރުމަނުވިލާތުގެ އެ ފަތުރުވެރިޔާ ބުނީ އަންނަ އަހަރުވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށާއި، ރާއްޖެ އާދެވުނީތީ އުފާކުރާ ކަމަށެވެ.

ބޯޑަރު ހުޅުވާލިފަހުން ޖަރުމަނުވިލާތުން މިހާތަނަށް 5،196 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި މުއްދަތުގައި ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރެއިން ޖަރުމަންވިލާތް ހިމެނެނީ ހަވަނައިގައެވެ.

ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އަންނާނެ ކަމަށް ކުރިިން ލަފާ ކޮށްފައިވަނީ މި މަހުގެ 25 ގެ ކުރިން ކަމަށްވާ އިރު، ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސަރުކާރުން ކުރިން ބުނި ތާރީހަށް ވުރެ އަވަހަށް ފަސްލައްކަ ފަތުރުވެރިން ވަނީ ހަމަވެފަ އެވެ.

ބޯޑަރު ހުޅުވާލިފަހުން މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައިސް ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ އިރު، މި މުއްދަތުގެ ތެރޭގައި މިހާތަނަށް އެއް ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ސަރުކާރުން މިއަހަރު އަންދާޒާކުރި އަމާޒަށް ވާސިލްވެފައިވާ އިރު، އަންނަ އަހަރު ދޮޅު މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީ އާއި ސަރުކާރުން ގުޅިިގެން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް