ads
އެޕިނެފެލިނޭ އާއިލާއަށް ނިސްބަތްވާ ފާނައެއް——
ފާނަ މަސްވެރިކަން މެނޭޖްކުރާނެ ޕްލޭނަށް އަމަލުކުރަން ފަށައިފި
"ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްްޓްރީން އާއްމުކޮށްފައިވާ ޕްލޭންގައިވާ ގޮތުން އެ ޕްލޭންގެ މަގުސަދަކީ، ރާއްޖޭގައި ކުރެވޭ ފާނަ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރުގޮތެއްގައި ފާނަ މަސްވެރިކަން ބަލަހައްޓައި، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތަށް މެނޭޖްކޮށް، އެމަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމެވެ. އަދި ފާނަ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގު ދައްކައިދިނުން ވެސް އެ ޕްލޭންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތަކީ، އެޕިނެފެލިނޭ، ސަބްފެމިލީ ޕާސިފޮސް، އޯޑާގެ ސެރަނިޑޭ ފެމިލީ އަށް ނިސްބަތްވާ، ފާނައިގެ ބާވަތްތަކާއި އެބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ
ނެގޭ ކަނޑުގެ އެހެނިހެން ދިރުންތަކެވެ.

އަދި ދިވެހިރާއްޖޭގައި ހިންގާ، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެއެވެ. އޭގެތެރޭގައި، ފާނަ މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، އެކުއަކަލްޗާ ކުރުމާއި، ޕްރޮސެސް ކުރުމާއި، ގަނެވިއްކުމާއި ރާއްޖެއިން ފާނައިގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އޭގެ އިތުރުން އެ ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް
އެ ޕްލޭން ހިނގާނެއެވެ.

އެ ޕްލޭން މިއަދު އާއްމުކޮށް އަމަލުކުރަން ފަށާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ، މި ޕްލޭން ވާނީ ރާއްޖޭގެ ފާނަ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސަށް ކަމަށެވެ. 

ފާނައިގެ ބާވަތްތައް ނިސްބަތްވަނީ، ސެރަނިޑޭ އާއިލާގެ އެޕިނެފެލިނޭ ސަބްފެމިލީއަށެވެ. އަދި މީގެތެރެއިން އިގުތިސާދީގޮތުން އެންމެ މުހިންމު ފާނައިގެ ބާވަތްތައް ނިސްބަތްވަނީ އެޕިނެފެލަސް އަދި ސެފަލޮފޯލި މި ދެ ޖީނަސްއަށެވެ.

މުޅި ދުނިޔޭގައި 16 ޖިންސައަކަށް ނިސްބަތްވާ 160 އަށްވުރެ ގިނަ ފާނައިގެ ބާވަތް ރިކޯޑުކުރެވިފައިވެއެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ރިކޯޑުކުރެވިފައިވަނީ 41 ބާވަތެވެ. 

ފާނައިގެ ހަޔާތުގެ ބުރުގެ އެކި މަރުހަލާތަކަށާއި އެހެނިހެން ކަންކަމަށް ބިނާކޮށް، ފާނައިގެ ވަކިވަކި ބާވަތްތައް
އުޅޭ މާހައުލު ތަފާތުވެއެވެ. މިގޮތުން، ކުދި ފާނަ އާންމުގޮތެއްގައި އުޅެނީ ގޮނޑުދޮށާ ކައިރީގައި ހުންނަ މޫދުވަނަ އާއި އަކިރިތަކުގެ ތެރޭގައްޔާއި، މިނޫންވެސް މިފަދަ ޅަ ފާނަ އާލާވުމަށް މަގުފަހި ކޮށްދޭ މާހައުލުތަކުގައެވެ. ބޮޑެތި ފާނަ އާންމުގޮތެއްގައި އުޅޭކަމަށް ފާހަގަކުރެވިފައިވަނީ، ދުނިޔޭގެ ދެބައިހަމަ (އިކުއޭޓާ) ސަރަހައްދުގެ ކަނޑުތަކުގައްޔާއި، މެދުމިންވަރަކަށް ހޫނު (ސަބްޓްރޮޕިކަލް) ހިސާބުތަކުގައި، ކަނޑުގެ ބިންގަނޑު ކައިރީގައެވެ. އަދި ފާނައަކީ އާންމުކޮށް މުރަކަ ފަރުތަކުންވެސް ފެންނަ މަހެކެވެ. ފާނައިގެ ބާވަތްތައް އާންމުކޮށް އުޅޭ އެންމެ ފުންމިނަކީ 200 މީޓަރެވެ. އެހެންނަމަވެސް، ފާނައިގެ ބައެއް ބާވަތްތަކަކީ 500 މީޓަރު ފުނުގައިވެސް އުޅޭ ބާވަތްތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް