ads
ސައުދީ އެއާޕޯޓުތެރެ-
ސައުދީގައި ކޮވިޑު ވެކްސިން ދޭން ފަށައިފި
ސައުދީ އަރަބިއްޔާގައި އެގައުމުގެ ރައްޔިތުންނަށް ކޮވިޑު 19 ގެ ވެކްސިން ދޭން ފަށައިފިއެވެ.

ސައުދީގެ ވެރިރަށް ރިޔާދްގެ ހޮސްޕިޓަލެއްގައި ވެކްސިންދޭން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށެވެ. މީގެ އިތުރަށް ދެން ވެކްސިން ދެވިގެންދާނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހައިރިސްކްގައި މަސައްކަތް ޕްރޮފެޝަނަލް މީހުންނަށާއި، އަދި ތަފާތު ބޮޑެތި ބަލިތަކުގެ މީހުންނަށް ކަމަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ސައުދީއަށްގެނެސްފައިވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑްވެކްސިންއެވެ. މި ވެކްސިން ލިބުމާއެކު މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިންވެސް ވެކްސިން އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރޭގައި ސައުދީ ވަނީ ހިމެނިފައެވެ

ސައުދީގައި ކޮވިޑް ވެކްސިން ދޭން ފަށާފައި މިވަނީ، އެގައުމަށް ވެކްސިންގެ 2 ޝިޕްމަންޓް ލިބުނުތާ އެއްދުވަސް ފަހުންނެވެ. މި ކޮވިޑް ވެކްސިން ލިބުމާއެކު ވެކްސިން ޖެހުމަށް ބޭނުންވާ މީހުން މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީވާން ހުޅުވާލުމާއެކު 24 ގަޑިއިރުގެ ތެރޭގައި 150،000 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސައުދީގައި 34 މިލިޔަން މީހުންގެ އާބާދީއެއް އޮންނާ އިރު، މިހާތަނަށް 360،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 6،000 މީހުން ވަނީ މަރުވެފައެވެ.

ފައިޒާގެ ވެކްސިން ސައުދީގައި ދޭންފަށާފައިވާއިރު މެދުއިރުމަތީގައި ހިމެނޭ އަރަބި އެހެން ގައުމެއް ކަމަށްވާ ޔޫއޭއިން މިމަހުގެ ކުރީކޮޅުން ޗައިނާގެ ސީނޯފާރމުން އުފެއްދި ވެކްސިން އެގައުމުގެ ރައްޔިތުންނަށް ވަނީ ދޭން ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް