ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މުސްލިމުންގެ ހައްގުތައް ދޫކޮށް މިހާރު އުޅެނީ ސަރުކާރުތައް ރުއްސަން: އާދަމް ޝަރީފް
މުސްލިމުންގެ ހައްގުތައް ދޫކޮށް މިހާރު އުޅެނީ ސަރުކާރުތައް ރުއްސަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ބަސް އިއްވާއެއް ގައުމު ކަމަށެވެ. 

އަދި ރާއްޖެއިން ވަކާލާތު ކުރަން ޖެހޭނީ ދުނިޔޭގައި މުސްލިމުންނަށް ކުރިމަތިވަމުންދާ މައްސަލަތައް ބައިނަލްއަގްވާމީ ގޮތުން ހައްލު ހޯދައިދޭން ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ވަނީ އެހެންނަމަވެސް މިހާރު މަސައްކަތް ކުރަމުންދާތަން ފެންނަނީ ސަރުކާރުތައް ރުއްސަން އުޅޭ މަންޒަރު ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

އެހެންވެ ފޮރިން މިނިސްޓްރީން ބުނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ. 

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލުމަށެވެ. ނަމަވެސް މުސްލިމުން އެގޮތައް އަންދާލުމަކީ އެގައުމުގެ މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް