ads
ލެވޮންޑޮސްކީ ފީފާގެ ބެސްޓް އެވޯޑާ އެކު
ރޮނާލްޑޯއާ މެސީގެ ވޯޓާއެކު މޮޅު ކުޅުންތެރިއަކަށް ލެވަންޑޯސްކީ
ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯޓާ އެކު ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްފި އެވެ.

ބަޔާން މިއުނިކްގެ ލެވަންޑޮސްކީއަށް ފީފާގެ މޮޅު ކުޅުންތެރިޔާ ލިބުނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން ހިމެނޭ ގޮތުން ނެގި ވޯޓުންނެވެ. ލެވޮންޑޮސްކީއާ މި އެވޯޑަށް ވާދަކޮށް ދެވަނަ ލިބުނު ރޮނާލްޑޯ އަދި ތިންވަނަ ލިބުނު މެސީވެސް ވޯޓް ދީފައިވަނީ ލެވަންޑޯސްކީއަށެވެ. އޭނާވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު މި އަހަރުވެސް ލިބުނީ ލިވަޕޫލްގެ ކޯޗު ކްލޮޕްއަށެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ މަގާމް ލިބުނީ އިންގްލެންޑްގެ ލޫސީ ބްރޮންޒް އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ އެވެ. އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް