ads
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ޓްވިޓާ
މާފަށް އެދޭ ނޫނިީ ދައުވާ ކުރާނަން: ރައީސް ނަޝީދު
އިންތިގާލީ އިންސާފުގެ ބިލްގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެމްބޮޑްސްމަން އޮފީހުން ހަމަ ނުޖެއްސޭ މައްސަލަތަކުގައި ދެން އޮންނާނީ އެކަމަށް އިއުތިރާފްވެ މާފަށް އެދުންކަމަށާއި މާފަށް ނޭދޭނަމަ ޖިނާއީ ދައުވާ ކުރާނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ19ގެ ލީފްލެޓްގައި ތެދު ހާމަކުރުމާއި މާފުކުރުން ފާހަގަކޮށްފައިވާނީ ޓިނު ގޮޅިއަކުން ކަމަށެވެ. އޭގެ ބޭނުމަކީ މާފުކުރުން ކަމާއި އެކަކު އަނެކަކަށް ވީގޮތް އެގުމާއި، އަނެއް މީހާވެސް މާފަށް އެދުމުގެ އިތުރުން ސުލްހަ މަސްލަސްކަން ގާއިމުކޮށް، ރުޅިވެރިކަން ނައްތާލުމާއި ހަދަސަވެރިކަންފިލުވާލުން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިންތިގާލީ އިންސާފުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ޝަކުވާތައް ލިބެމުންދާވަރަކަށް ކޮންމެ ޝަކުވާއެއް ވަކިވަކިން މުރާޖާކުރަމުން ގެންދެވޭނެކަމަށް ވައުދުވެފައިވާނެ ކަމަށާއި އަދި އެއަށްފަހު އިތުރު ގޮތްތަކެއްގެ ތެރެއިން ޝަކުވާތަކާއިމެދުގައި އަމަލުކުރަމުން ދާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ލިބިފައިވާ އަނިޔާތައް ދެނެގެނެވޭނެ ކަމަށާއި، ފިޔަވަޅު އެޅުމަށް އެހެން ކޮމިޝަނެއް ވާނަމަ އެކޮމިޝަނަށް މައްސަލަ ފޮނުވޭނެ ކަމަށެވެ. އަދި އޮމްބަޑްސްމަން އޮފީހުން ހައްލުނުވާ މައްސަަލަަތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވޭނެ ކަމަށެވެ. 

" މިދަންނަވާ ވާހަކައަކީ މީހަކު ޖަހާފަ އޮތީ މިހަކު ފުރަގަަހަށް ބިޑިއަޅާ، ރުކެއްގައި ބަދެ، ގަޔަށް ހަކުރު އަޅާ އޭނަ އެތަނުގައި ތިން ދުވަސްވަންދެން ހިނިއަރުވަން ބަހައްޓާފަ ހުރީމަ އޭނަގެ ލޮލަށް ހިނިއަރާ އޭނަ ހުރީ ލޮލުގެ ފެނުން ގެއްލިފަ. އޭނަ އެބަބުނޭ އޭނަައަށް މިކަން ކުރީ އެވަނި މިވެނި މީހެކޭ. މި ބިލުގަ މިބުނަނީ އެކަންކުރި މިހާ އައިސް ބުނާށޭ އާއެކޭ ތިމަންނާއޭ އެކަން ކުރީ. އެއީ ތިމަންނާއަށް ކުރެވުނު ގޯސްކަމެކޭ. ތިމަންނާއަށް މާފުކުރާށޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ރުކުގައި ބަދެފައި ބަހައްޓާފައިހުރި ކުއްޖާ އާއި އަނިޔާ ދިން މީހާއާއި ބައްދަލުވެ އެދެމީހުން ސުލްހަކޮށްދިނުން ކަމަށެވެ. ބަދަލެއް ހޯދުމަށް އޮމްބަޑްސްމަންގެ އޮފީހުން ހަމަނުޖެއްސޭ ކަންތައް ހަމަޖެއްސުން އޮތީ އެހެން ޝަރީއަތްތައް ހިންގާގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މާފަށް ނޭދިއްޖެނަމަ ދެން ޖެހޭނީ ޖިނާއީ ދައުވާ ފަށަން ކަމަށެވެ.

"މިދެންނެވިހެން މާފަށް ނޭދިއްޖެނަމަ ދެން އެ ޖިނާއީ ދައުވާ ފަށަން ޖެހުނީ އެ ޖިނާއީ ދައުވާ ފަށަން ޖެހުނީ . މާފަށް ނޭދިއްޖެނަމަ އެމީހާ ޖަލުގަ ހުންނަން އެޖެހުނީ. އަލުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން މި ދިވެހިރާއްޖޭގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިސްނަވާނެކަމަށް. އަޅުގަނޑުމެންގެ މަސައްކަތަކީ ރާއްޖެ މަސްލަސްކުރުން އަލުގަނޑުމެންގެ ބޭނުމަކީ ރާއްޖޭގެ އެއް ރައްޔިތަކާއި އަނެއް ރައްޔިތަކާއި ދެމެދު ރުޅިވެރިކަމެއް ނެތުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ އެޖެންޑާ19 ގައި އިންސާފުގެ ވައުދުގައި ހިމެނޭ ކަންތަކުގެ ތެެރޭގައި، އިންތިގާލީ އިންސާފުގެ ބިލާއި، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމުގެ އިތުރުން، ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާއި ޖަވާބުދާރީ ކުރަވަނިވި ދައުލަތެއް ބިނާކުރުން ހިމެނެއެވެ. އޭގެ ތެރެއިން އިންތިގާލީ އިންސާފުގެ ބިލް ރައީސް ތަސްދީގުގުރައްވާފައިވަނީ އިއްޔެއެވެ. 

އެ ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ. 

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެ ކަމަށް ބުނެފައިވާއިރު އިއްޔެ ވަނީ ރައީސް އެ އޮފީސްވެސް އުފައްދަވާފައެވެ.  އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. 

އޭގެ އިތުރުން ޝަރުއީ ދާއިރާގެ ގިނަ ކަންތައްތަކެއް ވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ޑީޖީއޭއަކީ ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި ހަމަޖެއްސުމާއި ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކޮށް އަދި ޖަވާބުދާރީކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޖެންޑާ19 ގައި ވެފައިވާ ވައުދުވެސް ވަނީ ފުއްދާފައެވެ.

  

23%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
77%
ވަރަށް ސަލާމް
ކޮމެންޓްސް