ads
ސިފައިންގެ ތަމްރީނު ތެރެއިން-- ފޮޓޯ؛ އެމްއެންޑީއެފް
ސިފައިންގެ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމެއެންޑީއެފުން ބުނީ މި މަހުގެ 20 އިން 24 އަށް އަސްކަރީ ތަމްރީނުތަކެއް މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ތަމްރީނުގައި ހުޅުމާލެ ފޭސް ދޭއްގައި އާންމުން ދިރިއުޅޭ ތަންތަނާއި ދުރު ހިސާބުތަކުގައި ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ މަސް ތެރޭގައި ވެސް ތަމްރީނުތަކެއް އެމްއެންޑީއެފުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.

ދާދި ފަހުން އެމްއެންޑިއެފުން ވަނީ ސިފައިންގެ ތަމްރީނުތަކެށް ހދ އަދި ހއ ގެ ބައެއް ރަށްތަކުގައި ބާއްވާފައެވެ. އަދި އެ ތަމްރީނުތައް ނިންމުމުގެ ހަފްލާ ވަރަށް ކުލަގަދަކޮށް އެމްއެންޑީއެފުން ދަނީ ފާހަގަ ކުރަމުންނެވެ.

މިގޮތުން ސިފައިންގެ 66 ވަނަ ތަމްރީން ކޯހުގެ ދަސްވެނިމުމުގެ ޝަރަފުގައި މިއަދު ހއ. އިހަވަންދޫގައި ހިނގާލުމެއް އޮންނާނެ ކަމަށާއި މިރޭ ހަވާ އެރުވުމުގެ ޕްރޮގްރާމްއެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން މި ހިންގާ އަސްކަރީ ތަމްރީނުތަކަކީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިޔަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށާއި މިއީ ސިފައިންގެ އަސްކަރީ އުކުޅު އިތުރަށް ވަރުގަދަ ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގުރާމްތަކެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް