ads
ރޫނީގެ ދަރިފުޅު ޔުނައިޓެޑަށް ސޮއިކުރަނީ
ރޫނީގެ ދަރިފުޅު ޔުނައިޓެޑަށް
މެންޗެސްޓަ ޔުނައިޓެޑް އަދި އިނގިރޭސި ކުރީގެ ފޯވާޑު ވޭން ރޫނީގެ އެގާރަ އަހަރުގެ ފިރިހެން ދަރި ކައި، މެންޗެސްޓަ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. މެންޗެސްޓަ ޔުނައިޓޭޑަށް ރޫނީގެ ދަރިފުޅު ސޮއި ކުރިނަމަވެސް ހަގީގަތުގައި އޭނާ ބައިވެރިވީ މެންޗެސްޓަ ޔުނައިޓެޑް އެކަޑަމީގައެވެ.

އިނގިރޭސި ގައުމީ ޓީމަށް އަދި މެންޗެސްޓަ ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ރޫނީގެ ދަރިފުޅު މެންޗެސްޓަ ޔުނައިޓެޑަށް ސޮއިކުރި ފޮޓޯ އާއްމު ކުރީ ރޫނީއެވެ. ރޫނީގެ ދަރިފުޅުގެ ޖަރޒީ ނަންބަރަކަށް އޮތީ ނަންބަރު ދިހައެކެވެ. އެއީ ޔުނައިޓެޑުގައި ރޫނީވެސް ބޭނުން ކުރި ނަންބަރެވެ.

2004 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ރޫނީ 2017 ވަނަ އަހަރު އެ ކްލަބު ދޫކޮށްލި އިރު ދުއިސައްތަ ފަންސާސް ތިން ލަނޑު ޖަހާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް