ads
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް
މާނަގަލަ ކައިރިއަށް ގެނބުނު ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ
ގއ. މާނަގަލަ ކައިރިއަށް ގެނބުނު ކުއްޖެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ގއ. މާނަގަލަ ކައިރިއަށް ގެނބިގެން ހާލު ސީރިއަސްވި އުމުރުން 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީއާއެކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު މެންދުރު 13:53 ގައި އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނުއިރު އެތަނުން ބުނީ އެކުއްޖާ ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެން އުޅޭތީ ކަމަށެވެ. އަދި ކުއްޖާ ގެނބެމުންދަނިކޮށް ސަލާމަތްކުރީ އާއިލާގެ މީހެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް