ads
ފޮޓޯ: މިހާރު/ ނިޝާން އަލީ
ހަފްލާތަކުގައި ކެއުމުގެ އިންތިޒާމު ހަމަނުޖައްސަން އެދިއްޖެ
ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކުގެ އިތުރުން އެކިއެކި ހަރަކާތްތަކުގައި ކެއުމުގެ އިންތިޒާމު ހަމަނުޖެއްސުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަފްލާތަކާއި ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނީ ތަނުގައި މަސައްކަތްކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާގޮތަށް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި މަދުވެގެން ތިން ފޫޓޫގެ ގައިދުރުކަމެއް ބަހައްޓަން ޖެހޭއިރު މަސައްކަތުގައިއުޅޭ މީހުން ގިނަގިނައިން އަތް ސާފުކުރުމާއި އަދި ތަންތަނުގައި އަތްލުމަށްފަހު އަތްސާފުނުކޮށް ނޭފަތާއި އަނގަޔާއި ލޮލުގައި އަތްނުލުމަށް އެދިފައިވެ އެވެ. 

އޭގެ އިތުރުން ތަނުގައި މަސައްކަތްކުރާ މީހުންނާއި އެހެނިހެން މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ނުވަތަ ސެނިޓައިޒާ އިން އަތް ސާފުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރުމާއި އާންމުކޮށް އަތްލާ ތަންތަނާއި ތަކެތީގެ ތެރޭގައި ހިމެނޭ، ޕޯޑިއަމް، މައިކް، ގޮނޑި މޭޒު، ދޮރުގެ ތަތްގަނޑު ފަދަ އަވަސް އަވަހަށް ސާފުކުރުމަށް ވެސް ބާރު އަޅާފައިވެ އެވެ. އަދި އަތް ސާފުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިރުޝާދުތައް ތަނުގައި ފެންނަގޮތަށް ބެހެއްޓުމަށް ވެސް އެދިފައިވެ އެވެ. 

އެޗްޕީއޭގެ އުސޫލުގައި ބުނީ އިމާރާތެއްގެ ތެރޭގައި ބާއްވާނަމަ މީހުން ވަންނަ ގަޑިތަކުގައާއި ނިކުންނަ ގަޑިތަކުގައި ދޮރު ހުޅުވާލާފައި ބެހެއްޓުން، އަދި ރަނގަޅަށް ވައި ދަތުރުވާގޮތަށް ހުރުމާއި އެއާކޯން ޖައްސާފައި ދޭތެރެ ދޭތެރެއިން ދޮރުތައް ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި އެކިއެކި ހަރަކާތްތަކުގައި ކެއުމުގެ އިންތިޒާމް ހަމަނުޖެއްސުމަށް އެދި އެ އުސޫލުގައި ބުނީ ކައިވެނި އަދި އުފަންދުވަހުގެ ހަފްލާ ތަކުގައި ކެއުމުގެ އިންތިޒާމް ހަމަޖައްސާނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބުދޭ ކެއުން ހެދުމުގެ ބަދަލުގައި ވަކިން ސާވް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބުފޭ ކެއުން ބާއްވާނަމަ މީހުން އަމިއްލައަށް އެއްޗެހި އެޅުމުގެ ބަދަލުގައި އެއްޗެހި އަޅައިދޭން ވަކި މީހަކު ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.

އަދި އިނާމް ދިނުން ފަދަ ހަފްލާތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުމާއި
އިނާމާއި ސެޓްފިކެޓް ހަވާލުވުމަށްފަހު ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފު ކުރުމާއި އިނާމާއި ސެޓްފިކެޓް އަދި ތަކެތި އަތުން އަތަށް ހަވާލުކުރުމުގެ ބަދަލުގައި އެހެން ގޮތްތައް ބޭނުންކުރުމަށް ވެސް އެދިފައިވެ އެވެ. އޭގައި ވަނީ ބޯފެން ފުޅި އަމިއްލައަށް ގެނައުމަށް ބާރުއަޅާފަ އެވެ. އަދި ރީފިލް ކުރެވޭނެގޮތަށް ރައްކާތެރި ބޯފެން ލިބެން ހުންނާނެ ގޮތެއް ވެސް ހަމަޖެއްސުމަށް އުސޫލުގައި އެދެ އެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް