ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކައުންސިލް އިންތިހާބު ލަސްވާ މައްސަލައަކީ ގައުމީ މައްސަލައެއް: އާދަމް ޝަރީފް
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ލަސްވާ މައްސަލަ އަކީ ގައުމީ މައްސަލައެއް ކަމަށާއި ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމަންޖެހޭ ބޮޑެތި ކަންކަން ނުނިންމައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޮލުގައި ޒިންމާ އަޅުވާފައި ސަރުކާރު ބޮންދާ އޮތުމަކީ ބޮޑު ގައުމީ މައްސަލައެއް ކަމަށެވެ. 

އާދަމް ޝަރީފް ވިދާޅުވީ، އާދާބީ މާ ބޮޑެތި ގައުމުތަކުގައިވެސް ކޮވިޑުގެ ހާލަތުގައިވެސް އިންތިހާބު ބައްވައިފި ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ލަސްވާ މައްސަލައަށް ދައުލަތުން ހައްލެއް ހޯދައިދިނުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ. 

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ލަސްވާ މައްސަލައާއި އިންތިހާބަށް ކެޕްމެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތްކަމަށްބުނެ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް އަޑު އުފުލަމުންނެވެ. އެގޮތުން އިންތިހާބުގެ ކުރިން އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބަދަލުކުރާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ. 

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުވެސް ވަނީ އިންތިހާބު ލަސްވާ މައްސަލާގައި ކަންބޮޑުވުން ހުރިކަން ދޭހަވާފަދަ މޭރުމަކުން މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ނިޔާޒް ވަނީ، އިންތިހާބުގެ ކުރިން ކެމްޕޭނު ކުރުމާއި އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އިދާރީކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ދޭން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެ، ދައުލަތުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށް އެފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް