ads
ފޮޓޯ: ޕީއެސްއެމް
މަސައްކަތުގެ މާޙައުލު ރައްކާތެރި ތަނަކަށް ހެދުމަށް ކެމްޕޭނެއް ފަށައިފި
މަސައްކަތުގެ މާހައުލަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް "ނޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކެމްޕޭން"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހުކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.

"ހަނު ނުތިއްބަވާ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް،" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ އެ ކެމްޕެއިން، ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާއި ސެންޓާ ފޮރ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ގުޅިގެންނެވެ.

މި ކެމްޕޭނުގެ ދަށުޖން މަސައްކަތްތެރިން ހޭލުންތެރިކުރުމުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވާއިރު ފުރަތަމަ އެހީ އާއި އަލިފާން ނިއްވުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. 

ހްލެތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ގިނަ މުވައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ އެ ކެމްޕެއިނާއެކު ކަންކަމުގައި ދުރާލާއި ފިޔަވަޅު އެޅުމާއެކު މަސައްކަތުގެ މާހައުލުގައި ދިމާވާ ނުރައްކާތެރިކަން މަދުވާނެ އެވެ.

އެ ކެމްޕެއިން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރާ ހަމައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް