ހިޔާ ފްލެޓްތައް--
ހިޔާ ފްލެޓްތަކުގެ އެންމެ ތިރީގައި ހިދުމަތް ދިނުމަށް ހުޅުވާލައިފި
Share
ހިޔާ ފްލެޓްތަކުގެ އެންމެ ތިރީގައި ވިޔަފާރި ހިދުމަތް ދިނުމަށް ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ފްލެޓްތަކުގެ އެންމެ ތިރީގައި ފަސް ހިދުމަތެއް ދިނުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ކްލިނިކާއި ބޭސް ފިހާރަ އާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަ ހިންގުމުގެ އިތުރުން ސުޕަމާކެޓާއި ކެފެޓީރިއާ ހިންގުމެވެ. 

އެގޮތުން އަންނަ މަހުގެ 21 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. އެޗްޑީސީން ބުނީ ކްލިނިކް ހެދުމަށް، 2،196 އަކަފޫޓު، ބޭސް ފިހާރަ ހިންގުމަށް 542 އަކަފޫޓު، އަދި ސުޕަމާކެޓް ހިންގުމަށް ފްލެޓް 6 ކާއި 14 އިން، 3،200 އަކަ ފޫޓަށް ވުރެ ބޮޑު ޖާގައެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ކެފެޓީރިއާ ހިންގުމަށް 2 ފްލެޓަކުން 900-1000 އަކަފޫޓު، ކުދި ފިހާރަ ހިންގުމަށް 2 ފްލެޓަކުން 1،000 އަކަ ފޫޓަށް ވުރެ ބޮޑު ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅުމަށް އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނައިރު ފްލެޓްތަކުގެ ނަރުދަމާގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި މި މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރެވޭނެތޯ ބެލުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އަންނައިރު ފްލެޓް ކޮމިޓީން މިހާރު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓް ފިޔަވައި ހުރިހާ ކެޓަގަރީއެއްގެ ލިސްޓު އާންމުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް