ads
ކ. މާފުށި--
މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނަގަން އެންގި އެންގުން ބާތިލުކޮށްފި
ކ. މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނެގުމަށް މާފަށި ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރަން އެރަށު ކައުންސިލަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ކ. މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނެގުމަށް މާފަށި ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރަން އެރަށު ކައުންސިލަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާފުށީ ކައުންސިލުން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން މާފުށި ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

މިކަމާއި ގުޅިގެން އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް ކަމަށައި އެކަން ކަނޑައެޅުމުގެ ބާރު ކައުންސިލުތަކަށް ލިބިފައި ނުވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަފަތުން ފެށިގެން 700 މީޓަރެވެ.

އެ ސަފާރީތައް ނަގަން މާފުށީ ކައުންސިލުން ވަގުތު ދިނީ އިއްޔެއާ ހަމައަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ސަފާރީތައް ނުނަގައިފިނަމަ ކައުންސިލުން ސަފާރީތައް ނަގައި އެތަކެތި ނައްތާލާނެ ކަމަށާއި ނުވަތަ ނީލަމުގައި ވިއްކާލާނެ ބުނެފައިވެ އެވެ. އަދި ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި އޮތް ސަފާރީއެއް ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށްވެސް މާފުށި ކައުންސިލުން އިދާރާއިން ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކޯޓަކުން ކުރާ ހުކުމަކުން ނޫން ގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނާ އެއްގޮތަށް ޝަރުއީ މަރުހަލާ މެދުވެރިކޮށް ނޫން ގޮތަކަށް ވެސް އެއްވެސް މީހެއްގެ މުދަލެއް ނަގައި އެ ތަކެތި ނައްތާލާ އަދި ނީލަން ކިޔުމަކީ ވެސް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ރަށެކެވެ. އެރަށު ބޭރުގައި އަޅާފައި އޮންނަ ސަފާރީތަކުން ދިވެހިންނަށް ރާވިއްކާކަމުގެ ޝަކުވާތައް އެރަށުގެ ރައްޔިތުން ކުރަމުން އަންނައިރު އެލްޖީއޭއިން މާފުށި ކައުންސިލްގެ އެންގުން ބާތިލުކުރުމުން އެކަމާ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް