ads
އަމީތާބު ބައްޗަން--
ސްކޫލުގައި އުޅުނުއިރު އަމީތާބަށް ލިބުނީ ވަރުގަދަ ލަނޑެއް!
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން، މިވަނީ އޭނާގެ ސްކޫލު އިރުގެ ހަނދާންތައް އާކޮށް ވާހަކަ ދައްކާފަ އެވެ.

އޭނާ ކިޔައިދިނީ ޕްރިންސިޕަލްގެ ފަރާތުން ދިމާވި ވާހަކަ އެކެވެ. އެގޮތުން ސްކޫލުގައި އުޅުން އިރު ލާނެތް ކަންކަން ކުރުމަށް ފަހު އެއްވެސް މީހެއް ކައިރީ ނުބުނާ ކަމަށް އަމީތާބު ބުނެ އެވެ. 

އެހެންނަމަވެސް، އެއް ދުވަހަކު، އަމީތާބާއި އޭނާގެ އެކުވެރިންނަށް ހަރުފައެއް ހަމަލާދިން ކަމަށާއި އެގޮތުން ބިރުން ދުވަމުން ގޮސް، ފަހުން އެ މަރާލި ކަމަށް ބުންޏެވެ. އެގޮތުން ހަރުފައެއް މަރާލުމަކީ ވަރަށް ބޮޑު ކަމެއް ކަމުން، ފޮނިކެނޑުމުގެ ނިޔަތުގައި މަރުވެފައި އޮތް ހަރުފައެއްޗެއްގެ މައްޗަށް ލައިގެން ސްކޫލު ތެރޭގައި އުޅުން ކަމަށް ބުންޏެވެ. 

އެންމެ ފަހުން ޕްރިންސިޕަލަށް މަންޒަރު ފެނުނުއިރު އެކަމާއި ޕްރިންސިޕަލް މާގަޔާވާ ކަމަކަށް ނުވި އެވެ. އެންމެ ފަހުން ގޯސް ކަމެއް ކުރި ކަމަށް އެއްބަސްކުރުމަށް ފަހު ދިނީ އަދަބެއް ކަމަށް ބުނެ އެވެ. 

މީގެ 50 އަހަރުކުރިން ފިލްމީ ދާއިރާއާ ގުޅުން އަމީތާބު އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުން، ފިލްމީ ދާއިރާއިން ރިޓަޔާވުމަށް އޭނާ ދަނީ ވިސްނަމުންނެވެ. 

ހަތްދިހައިގެ އަހަރުތަކުގައި ވިދާލި އަމީތާބަކީ މިއަދު ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ކޮމެޑީ ޑްރާމާ، ގުލާބޯ ސިތާބޯ އިން އަޔޫޝްމަން ކުރާނާ އާއެކު އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ބްރަހްމަސްތުރާ" އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް