ads
ހުޅުމާލޭ ގޮނޑުދޮށް ރެދަނުން ދިއްލާލައިފި!
ހުޅުމާލޭ ގޮނޑުދޮށް ރޭ ރެދަނުން ދިއްލައިފި އެވެ.

އެ މަންޒަރު ބަލަން އެތައް ބަޔަކު ރޭ ހުޅުމާލެއަށް އެރި އެވެ. ސޯޝަލް މީޑިއާއަށް ވެސް ގިނަ ބަޔަކު އެ މަންޒަރު ބަލަން ގޮސް ނެގި ފޮޓޯތައް ހިއްސާކުރަމުން އަންނައިރު ފެނިގެންދަނީ ހުޅުމާލޭ ގޮނޑުދޮށުގައި ވަރަށް ބޮޑަށް ރެދަން ލާފައިވާ މަންޒަރެވެ. 

ގްރޭޓާ މާލޭ ސަރަހައްދުގެ ރަށްރަށުގައި ރެދަންލުމަކީ އާންމު ކަމެއް ނޫންކަމުން، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ މަންޒަރު ބަލާލަން ލިބެނީ މަދު ފަހަރަކު އެވެ. 

ރޭ އެ ނަސީބު ލިބި، މާލޭގައި އުޅޭ އެތައް ބަޔަކު ވެސް ހުޅުމާލެއަށް ގޮސް ހަމަ ލޮލުން ރެދަން ލާފައި އޮތް މަންޒަރު ބަލާލި އެވެ. 

ހުޅުމާލޭ ގޮނޑުދޮށް ރޭ ރެނދަނުން ޖަރީވެފައި އޮތްއިރު ރާއްޖޭގެ ބައެއް ރަށްރަށަށް މި މަންޒަރު ދޭތެރެއަކުން ބަލާލުމުގެ ނަސީބު ލިބިގެންދެ އެވެ. މިގޮތުން ރ. ވާދޫގެ ގޮނޑުދޮށަކީ މިކަމަށް ދުނިޔޭގައި ވެސް ނަން މަޝްހޫރު ރަށެކެވެ.  

ރެދަނުން ވާދޫގެ ގޮނޑުދޮށް ދިއްލިފައިވާ ފޮޓޯތަކެއް އާންމުވެ ދުނިޔޭގެ ކަޅި އެ ގޮނޑުދޮށަށް ހުއްޓިގެންދިޔައިރު ފަތުރުވެރިންނާއި ޓީވީ ޗެނަލްތަކުން ވެސް އެރަށަށް މަންޒަރު ބަލާލަން ގޮސްފައި އެބަ ހުއްޓެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް