ads
ކުރީގެ ޕީޖީ މުއިއްޒު--
މުއިއްޒުގެ ރައްދު ޑރ.ދީދީ އަށް: އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން
2018 ވަނަ އަހަރުގެ ފެބްރިއަރީ އެއްވަނަ ދުވަހުގެރޭ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި، 5 ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރަށްދު ދެއްވައިފިއެވެ.

ރައީސް ޔާމީންގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި ފަނޑިޔާރުންނާއި ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމަށް، ޑރ.ދީދީ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، 2018 ވަނަ އަހަރުގެ ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

މުއިއްޒު ވިދާޅުވީ، އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި، 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކިލައްވާ ކަމަށެވެ. 

ގާނޫނީ ގޮތުން ދެކޮޅު ނުޖެހޭކަމަށް އަދި 5 ފަނޑިޔާރުން ޒިންމާވާން ޖެހޭކަމަށް ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވާ އަމުރަކީ، އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.

އެމައްސަލާގައި އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

މުއިއްޒު މިހެން ވިދާޅުވީއިރު ރައްޔިތުންގެ މަޖިލީިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ޑރ. ދީދީގެ ވާހަކަފުޅަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އަދަމް ޝަރީފް ވަނީ، އެ އަމުރާއި ގުޅިގެން އެއީ އޭރު ރާވާފައިވާ ބަގާވަތެއް ކަމަށާއި އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް