ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: -
ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ: ބާލިދީ އެއާޕޯޓް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ ސީލިން ފޫގޮސް ރެއާ މިއަދު ވެސް އެ އާޕޯޓަށް އަންނަނީ ފެންފައިބަމުންނެވެ. މިއީ އާންމު ކަމެކެވެ. ބައިނަލް އަގުވާމީ އަދި ރަސްމީ އެއާޕޯޓުގެ ގޮތުގައި އޮންނަ އެއާޕޯޓުތަކުގެ ތެރެއިން ހުއްޓުމެއް ނެތި ވިއްސާރަ މޫސުމުގައި އަބަދުވެސް ދިޔަ ބޮޑުވާ އެއާޕޯޓަކީ ވީއައިއޭ ބުނުމުން ވެސް ދޮގަކަށް ނުވާނެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އެއީ "ބާލިދީ އެއާޕޯޓް" އެވެ.

ދައުލަތުގެ އެންމެ ބޮޑު ފައިދާ އެއް ކުންފުންޏަކީ ވެސް ވީއައިއޭ އެވެ. ސަބަބަކީ އެ އެއާޕޯޓަކީ ފަތުރުވެރިން ވެސް ރާއްޖެއަށް ވަންނަ މައި ދޮރާށި ކަމުގައިވާތީއެވެ. 

ކޮވިޑް 19 ގެ ހާލަތުގައި ވެސް ދިވެހިރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާއެކު ދިވިރާއްޖެ މިވަނީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ" މަގާމު ވެސް ހާސިލު ކޮށްފައެވެ. 

ނަމަވެސް، އަދިވެސް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ވަނަން އޮތީ "ބާލިދީ" އެއާޕޯޓެކެވެ. 

މީގެ އިތުރުންވެސް ރާއްޖެއަށް މިހާރު ދެ ހާހަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ ދުވަހަކު އަންނައިރު، އެ މީހުން އެތަނުގައި ތޮއްޖެހޭ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. 

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ އެއާޕޯޓުން ފަތުރުވެރިއެއް ޗެކްއިން ވާން ނަގާނީ 35 ސިކުންތު ކަމަށެވެ. 

މިހެންކަމުން ފަތުރުވެރިން ވެސް ތޮއްޖެހެނީ ވީއައިއޭގެ އިންތިޒާމުތައް ފެއިލް ވެފައި އޮތުމުންކަމަށް ބުނެވިދާނެއެވެ. 

ވީިއައިއޭ އެއާޕޯޓުގެ ޓާމިނަލުން ފެންފޭބުމަކީ އާކަމެއް ނޫނެވެ. ޓާމިނަލް ބާވެ، ސީލިންގުން ފެންފައިބާ މައްސަލައަކީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. 

ވިއްސާރަ މޫސުމެއްގައި ގަދަޔަށް ވާރޭ ވެހޭ ނަމަ އެ ޓާމިނަލްގައި ޖެހެނީ ބާލިދީ ބަހައްޓާގެން ފެންނަގާށެވެ. މިއީ މީގެ އެތަށް އަހަރެއްކުރިން ވެސް މިކަން އޮތްގޮތެވެ. ނަމަވެސް އެ ކަމަށް އަދިވެސް ހައްލު ހޯދިފައެއް ނުވެއެވެ. ފުރާޅު އާ ނުވިއަސް، ބޯޑު އާވެއެވެ. މުސާރަ އާވެއެެވެ. 

ޓާމިނަލްގެ ސީލިންގުން ފެންފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުންގެ މީހަކު މިއަދު ވަނީ " ހާލަތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް" ކެޕްޝަން ކޮށް ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި މައްސަލައިގައި ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ(އެސްއޯއީ) ގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީން އެންގުމުން ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވިފައިނުވާކަމަށެވެ. 

" މައްސަލައަށް މިހާ ދުވަސް ވީއިރުވެސް އެއްވެސް ބަޔަކަށް ހައްލު ހޯދަދެވިފައި ނުވާތީ ހައިރާންވޭ. ،" އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.

އާ ޓާމިނަލް ބޭނުންކުރަން ފެށުމުން މި މައްސަލަ ހައްލުވާނެކަމަށް އޭނާ ދެކިލައްވައެވެ. 

އިންޓަނޭޝަނަލް ފެންވަރުގެ ޓާމިނަލްއާއި ރަންވޭއެއް ކުރިއަށްއޮތް ދޮޅު އަހަރު ތެރޭ ހުޅުވިގެން ދާނެ ކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. 

އެ އެއާޕޯޓަށް މިހާރު 20 ވުރެ ގިނަ އަހަރުވެފައިވާއިރު ވީއައިއޭގެ އެރައިވަލް ޑިޕާޗާ ބޭރަށް މީގެ ހައެއްކަ އަހަރުކުރިން ކުޑަ ވަރެއްގެ ބަދަލެއް ގެނެސްފައިވީނަމަ ވެސް އެއާޕޯޓުގެ މި މައްސަލަތައް ހައްލުކުރުމަށް މާބޮޑު ކަމެއް ކުރެވިފައެެއް ނުވެއެވެ.

ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު ހާހުން އިތުރުވަމުން ދާއިރު އެތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ އެންމެ ރަނގަޅު ވަސީލަތްތައް ވެސް ގާއިމުކުރެވިފައި ނުވާ މައްސަލަތަކެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. 

ވީއައިއޭ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ކިޔުޖެހިފައިވާތަން ފެންނަ އެ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ވީއައިއޭގެ ޓާމިނަލް ސަރަހައްދުގައި ގިނަ ބަޔަކު ކިއު ޖެހިގެން ހިދުމަތް ހޯދަމުންދިޔައެވެ. އަދި މުޅި ޓާމިނަލްގައި ދިގު ކިޔުއެއް ޖެހި މުޅިތަން ފުރިފައިވާއިރު، ކޮވިޑް-19 ގެ މިހާލަތުގައި އަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ގައިދުރުކަމެއް ވެސް ނެތެވެ.  

ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 1000 އާއި 2000 އާއި ދެމެދުގައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ވަނީ ފަސްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އަދި އެއަދަދަު މިމަހުގެ ފަހުކޮޅަށް އިތުރުވާނެކަމަށް ވެސް ބެލެވެއެވެ. 

ކޮވިޑަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ޓްއަރިސަމް އިންޑަސްޓްރީއަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މެނޭޖް ކުރެވޭނެ ރަނގަޅު ޕްލޭނެއް ނެތްތަނަމަ އަދި އެއާޕޯޓުގެ މިފަދަ މައްސަލަތަކަށް ހައްލެއް ނެތްނަމަ މިއަދަދުތައް އަނެއްކާވެސް ދަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް