ads
ފަތްޕިލާވެލިން ބޭސް އުފައްދަނީ--
ލަންކާއިން ކޮވިޑާ ދެކޮޅަށް 37 ބޭހެއް ޓެސްޓު ކުރަނީ
ކޮވިޑް-19 އަށް ފަރުވާ ކުރެވޭތޯ ބެލުމަށް ސްރީލަންކާއިން 37 ބާވަތެއްގެ ބޭހުގެ ދިރާސާތަކެއް ކުރަން ނިންމައިފި އެވެ.

ބޭހުގެ ގޮތުގައި އުފައްދާފައިވާ އެ 37 ބާވަތަކީ ލަންކާއިން ލިބެން ހުންނަ ފަތްޕިލާވެލި ފަދަ ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ބާވަތްތަކެކެވެ. 

އެފަދަ ބޭސް ޕްރޮމޯޓު ކުރާ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ސިސިރާ ޖަޔަކޮޑީއާ ހަވާލަދީ ނިއުސްވަޔާއިން ބުނެފައި ވަނީ ދިރާސާތައް ކުރުމަށް އަންގާފައި ވަނީ ޑިޕާޓްމަންޓު އޮފް އަޔުރްވެދާ އަދި އިންޑިޖެނަސް މެޑިސިން ބޯޑަށް ކަމަށެވެ. 

ދިރާސާތަކުގައި ބޮޑަށް ބަލާނީ ކޮވިޑް-19 ވައިރަހާ ދެކޮޅަށް މި ބޭސްތައް ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތަށެވެ. 

ސްރީލަންކާއިން މިފަދަ މަސައްކަތެއް ފަށާފައި ވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު އަންނަނީ ކޮވިޑް-19 ވެކްސިން ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް