ads
އުރީދޫ 5G އިފްތިތާހު ކުރުމުގެ ރަސްމިއްޔާރުގެ ތެރެއިން --- ފޮޓޯ: އުރީދޫ
އުރީދޫގެ ފައިވް ޖީ ނެޓްވޯކް ތައާރަފްކޮށްފި
ރާއްޖޭގައި 5Gގެ ހިދުމަތް އުރީދޫއިން ތައާރަފްކޮށްފިއެވެ.

އުރީދޫއިން ރާއްޖެއަށް 5Gގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން އިކޮނިމިކް ޑިވަލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވަޑައިގެންނެވިއެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ރާއްޖެއަށް އުރީދޫ 5Gގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މިނިސްޓަރު މަލީހުއެވެ. 

ރާއްޖޭގެ ފުރަތަމަ 5G ޕަވާޑް ހޯމް ބްރޯޑްބޭންޑް ސާވިސް، 5G އެއާފައިބާ ލޯންޗުކޮށްދެއްވީ މިނިސްޓަރު ފައްޔާޒުއެވެ.

your imageއުރީދޫ 5G އިފްތިތާހު ކުރުމުގެ ރަސްމިއްޔާރުގެ ތެރެއިން --- ފޮޓޯ: އުރީދޫ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖެއަށް 5G ތައާރަފް ކުރުން ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ މި ގައުމުގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެ "ޑިޖިޓަލް މޯލްޑިވްސް" އަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

your imageއުރީދޫ 5G އެއާ ފައިބާ ލޯންޗު ކުރުމުގެ އިސްތިހާރެއް --- ފޮޓޯ: އުރީދޫ

ރާއްޖެއަށް 5G ގެ ހިދުމަތް ތައާރަފް ކުރުމަށްފަހު ވާހަކަ ދައްކަވަމުން އުރީދޫފެ ސީއީއޯ އަދި އެމްޑީ ނަޖީބް ހާން ވިދާޅުވީ މި ހިދުމަތް ރާއްޖެއަށް ތައާރަފް ކުރެވުމާއެކު މި ފެށެނީ ރާއްޖޭގެ ޑިޖިޓަލް ތާރީހުގެ އާ ބާބެއް ކަމަށެވެ. އަދި މިއީ ކޮންމެ ދާއިރާއެއްގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދޭނެ އާ ޓެކްނޮލޮޖީއެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް