ads
އެސްޓީއޯގެ ބަސް ޓާމިނަލާއި ޕާކް އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---
އެސްޓީއޯގެ ބަސް ޓާމިނަލާއި ޕާކް ހުޅުވައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ އިމާރާތުގެ ކައިރީގައި ތަރައްގީކުރި ބަސް ޓާމިނަލާއި، ޕާކް ހުޅުވައިފި އެވެ.

އެސްޓީއޯ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ގުޅިގެން ތަރައްގީކުރި ޕާކާއި ބަސް ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ނައިބު ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމްގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، އަދި މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ފަލާހްވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ އެ ކުންފުނީގެ މުވައްޒަފުން މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމަށްޓަކައި ކުރި މަސައްކަތްތައް ފާހަގަކުރައްވައި، މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ ވުޖޫދަށް އައީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ކަމަށާއި، އެގޮތުން ކައިރި މުސްތަގްބަލެއްގައި އާ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ.

އެސްޓީއޯ އިން މިއަދު ހުޅުވި ބަސް ޓާމިނަލާއި ޕާކަކީ ސިޓީ ކައުންސިލުން މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަދާފައިވާ ތަނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް