ads
ގދ. ތިނަދޫ--
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަރަންޓު ގޮސްފި
ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެ ރަށުން ކަރަންޓު ގޮސްފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދިޔައީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. 

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ ތަންކޮޅެއް ކުރިންކަމަށް ވެސް އޭނާ ބުންޏެވެ. 

ބައެއް މީހުން ބުނާ ގޮތުން ކަރަންޓު ކެނޑުމުގެ ކުރިން އިންޖުގޭ ތެރެއިން "ގޮވުމެއް" ގޮވިކަމަށެވެ.

ނަމަވެސް އެ ރަށު އިންޖީނުގެ އަކީ މީގެ ކުރިން ވެސް އަލިފާން ރޯވެފައިވާ އިންޖީނުގެއެއްކަމަށް އެރަށުން ވާހަަކަ ދެއްކި މީހާ ބުންޏެވެ. 

އަލިފާން ހިފި ފަހުން ތިނަދޫ އަށް ކަރަންޓުގެ މައްސަލަ ދިމާވާތާ ދުވަސްކޮޅެއް ވެފައިވާކަމަށް ވެސް އޭނާ ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް