ads
މަހުގެ ބާވަތަކުން ކޮވިޑް ސާމްޕަލެއް ނަގަނީ
އެތެރެކޮށްފައިވާ މަހުގެ ބާވަތަކުން ކޮވިޑް 19 ފެނިއްޖެ
އިންޑިއާ އިން ޗައިނާ އަށް އެތެރެކުރި މަހުގެ ބާވަތަކުން ނެގި ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޗައިނާގެ ލިއޮނިން ޕްރޮވިންސްގެ ވެރިރަށް ޝެންޔަން އަށް އެތެރެކުރި އެ މަހުގެ ބާވަތުން ކޮވިޑް-19 ފެނިފައިވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

ކަމާއި ބެހޭ ފަރާތްތަކުން ވަނީ ޝެންޔަން އަށް އެތެރެކޮށްފައިވާ ފިނިކުރި މަހުގެ ބާވަތްތައް ރައްކާތެރިކަމާއި އެކު ބަންދުކޮށް، އެ ބާވަތްތައް ރައްކާކޮށް ތަންތަނަށް ފޮނުވުމަށްޓަކައި ބޭނުންކުރާ ތަނާއި އާލާތްތައް ޑިސްއިންފެކްޓް ކޮށްފަ އެވެ.

ކޮވިޑް-19 ފެނިފައިވާ އެ ފިނިކުރި މަހުގެ ބާވަތްތަކާއި ހަވާލުވެފައިވާ މުވައްޒަފުން މިހާރު އެކަހެރި ކޮށްފައިވާ އިރު، އެ މުވައްޒަފުންގެ ގައިން ނެގި ސާމްޕަލްތައް ވަނީ ކޮވިޑަށް ނެގަޓިވްވެފަ އެވެ.

ޗައިނާ އަށް އެތެރެކުރާ ކާބޯތަކެތީގެ ޒަރިއްޔާ އިން ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅައިފައިވާ އިރު، އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި އެ ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފަ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އިން މިހާރު އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކޮށްފައިވާ އިރު، ދުވާލެއްގެ މައްޗަށް އެގައުމުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްކުރެވިފަ އެވެ.

0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް