ads
ވަރުން އޭނާގެ ސަޕޯޓަރުންނަށް ރަތް ފިނިފެންމާ ބަހައިފި
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ވަރުން ދަވަން އޭނާގެ ސަޕޯޓަރުންނަށް ރަތް ފިނިފެންމާ ބަހައިފިއެވެ.
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ވަރުން ދަވަން އޭނާގެ ސަޕޯޓަރުންނަށް ރަތް ފިނިފެންމާ ބަހައިފިއެވެ.

ވަރުން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3 ޑީ" ޕްރޮމޯޓު ކުރުމުގައި ވަރަށް ބިޒީކޮށެވެ. އެގޮތުން ދާދި ފަހުން ޖޯދްޕުރްގައި ފިލްމުގެ ޕްރޮމޯޝަން ނިންމާލުމަށްފަހު އެއާޕޯޓު ތެރެއިން ވަރުން ފެނިގެންދިޔައިރު އޭނާ ވަނީ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެންދަނީ ވަރުން އޭނާގެ ސަޕޯޓަރުންނަށް ރަތް ފިނިފެންމާ ދޭ މަންޒަރެވެ. އެގޮތުން ސަޕޯޓަރުން ވަރުންނާއެކު ފޮޓޯނަމަމުން ދިޔައިރު ވަރުން ދިޔައީ ކޮންމެ ސަޕޯޓަރަކަށް ފިނިފެންމާ ދެމުންނެވެ.


"ސްޓްރީޓް ޑާންސާ 3 ޑީ"ގައި ވަރުންގެ އިތުރުން ޝްރައްދާ ކަޕޫރާއި ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ. ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ.

މި ފަންނާނުންގެ އިތުރުން ފިލްމުގައި ދެވަނަ ލީޑު ރޯލަކުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެ އެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް