ads
ރިތިކް ކުޑައިރުގެ ވީޑިއޯ--
ރިތިކް ކުޑައިރު ނަށާ ވީޑިއޯ ބެލިންތަ؟
ރިތިކް ރޯޝަން އަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން ނެށުމުގެ ހުނަރު އެންމެ ފުރިހަމައަށް ލިބިފައިވާ އެއް ތަރި އެވެ. އޭނާއަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ކުޅަދާނަ ނެށުންތެރި އެކެވެ.
ރިތިކް ރޯޝަން އަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން ނެށުމުގެ ހުނަރު އެންމެ ފުރިހަމައަށް ލިބިފައިވާ އެއް ތަރި އެވެ. އޭނާއަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ކުޅަދާނަ ނެށުންތެރި އެކެވެ.

ދާދި ފަހުން ރިތިކްގެ މަންމަ ވަނީ އޭނާ ކުޑައިރު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އިންސްޓަގްރާމްގައިވާ އެ ވީޑިއޯ އިން ފެންނަނީ އުމުރުން 10 އަހަރުގެ ރިތިކް ކައިވެނި ހަފްލާއެއްގައި ނަށާ މަންޒަރެވެ.

ގާތްގަނޑަކަށް 35 އަހަރުގެ ކުރީގެ އެ ވީޑިއޯގައި ރިތިކް ހުންނަނީ ނޫ ކުލައިގެން ޓީޝާޓެއް ލައިގެންނެވެ. ވީޑިއޯ އިން އެންމެ ފުރަތަމަ ފެންނަނީ ހުދު ހެދުމެއްގައި ހުންނަ އަންހެން ކުއްޖެކެވެ. ދެން ކެމެރާ އެނބުރެނީ ރިތިކް އަށެވެ.

View this post on Instagram

#onecapturedmoments

A post shared by Pinkie Roshan (@pinkieroshan) on



އެ ވީޑިއޯ އާއްމުވުމާއެކު ރިތިކްގެ ފޭނުން ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

ބޮލީވުޑުގައި ރިތިކް އެންމެ ފަހުން ފެނިފައި ވަނީ ފިލްމު "ވޯ" އިންނެވެ. އެ ފިލްމު ވަނީ ގިނަ ބޮކްސް އޮފީސް ރިކޯޑުތަކެއް މުގުރާލާފަ އެވެ. އެއީ މިއަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމެވެ. އެ ފިލްމަށް ވަނީ 317.77 ކަރޯޑް ރުޕީޒް ލިބިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރިތިކް ދެން އެންމެ އަވަހަށް ފެންނާނީ ކްރިޝް 4 އިންނެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ސުޕަ ހީރޯއެއްގެ ގޮތުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް