ads
ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއް ސަންދޯކަށް ލައިގެން ގެންދަނީ---
ކޮވިޑުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ ސަރުކާރުން މިހާރު ދެކޮޅު: ލަންކާ ނޫސް
ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ވިސްނުމާ ދިވެހި ސަރުކާރުން މިހާރު ދެކޮޅު ކަމަށް ލަންކާގެ ނޫހަކު ބުނެފި އެވެ.

ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލަދީ ސަންޑޭ ޓައިމްސް ނޫހުން ޝާއިއުކުރި ކޮލަމެއްގައި ބުނެފައި ވަނީ މި މައްސަލަ ދިރާސާކުރުމަށް ފަހު އެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. 

ކޮވިޑު ޖެހިގެން މަރުވާ އެހެން ގައުމެއްގެ ރައްޔިތުންގެ ގަބުރުސްތާނެއްގެ ގޮތުގައި ރާއްޖެ ސިފަކުރަން ފަށައިފި ނަމަ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށް އެ ނޫހުގައި ވެއެވެ. 

އެހެން ނަމަވެސް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން މިކަމުގައި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިވާ ނުވާ ކަމަށާއި އެ ނޫހުން ފޮނުވި އީމެއިލްތަކަށް ޖަވާބު ދީފައި ނުވާ ކަމަށް ލިޔެފައި ވެއެވެ.

ކޮވިޑުގެ ސަބަބުން މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެދިވަޑައިގެންނެވި އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. 

އެކަން ހާމަވުމާއެކު ބޮޑު ބަހުސެއް ކުރަން ފެށި އެވެ. އެއް ބަޔަކު އެކަމަށް ތާއީދު ކުރިއިރު، އަނެއް ބަޔަކު ބުނެފައި ވަނީ އެފަދަ ކަމެއްގެ ސަބަބުން ގެއްލުން ވާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް