ads
ޑރ. މުހައްމަދު އިޔާޒް -- ފޮޓޯ: އަވަސް
ޑރ އިޔާޒްގެ ވަރުގަދަ ރައްދެއް ކުރީގެ އުއްތަމަ ފަނޑިޔާރަށް!
ފަނޑިޔާރުންނާއި ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާގުޅިގެން، އަމިއްލަ ކުށައް ކުރީގެ އުއްތަމަފަނޑިޔާރު އިއުތިރާފް ވެލަށްވަނީ ކަމަށް ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި ފަނޑިޔާރުންނާއި ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާގުޅިގެން ސީއެންއެމް އިން ލިޔެފައިވާ ހަބަރަކަށް ޓްވިޓާގައި ކޮމެންޓު ކުރައްވަމުންނެވެ.  

މީގެ އިތުރުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި އެހެން ޓްއީޓެއްގައި ވިދާޅުވެފައިވަނީ ފަޑިޔާރުން އެމީހުން އުފުލަން ޖެހިފައިވާ ޒިންމާ ގެ މަތިން ހަދާންނަށްތާލާ ދުނިޔޭގެ އެދުމާއި ދިމާލަށް ދާންވީމާ ޖެހޭ ދަންތުރަތަށް މި ފެންނަނީކަމަށާއި މި ކަމުން މިހާރު ތިއްބެވި ބޭފުޅުން އިބުރަތް ހާސިލް ކުރުން މުހިންމު ކަމަށެވެ.

ޑރ. ދީދީ ވިދާޅުވީ ރައީސް ޔާމީންގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކަ އަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި އަދި ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމްވެ އޮތް ލެޖިޓިމެޓް ސަރުކާރު، ފަނޑިޔާރުންނާއި ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު ފަރާތްތަކުގެ މައްސަލަ ކަމަށް ވިދާޅުވުމާގުޅިގެން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އެ ރޭވުމުގައި ބައިވެރިވި ކަމުގެ އިއުތިރާފް ޑރ. ދީދީ އެ ވެއްލެވީކަމަށެވެ. 

ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ ދެ ފަނޑިޔާރުން ހައްޔަރުކުރި ކަމަށްބުނާ މައްސަލައަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހުއެވެ. 

އެއީ ފެބްރުއަރީ 1 ވަނަ ދުވަހުގެ ދަންވަރު، އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. ބެލެވޭ ގޮތުގައި "ގާއިމްވެ އޮތް ލެޖިޓިމެޓް ސަރުކާރު، ފަނޑިޔާރުންނާއި ގުޅިގެން ވައްޓާލަން ރޭވިކަމަށް" ޑރ. ދީދީ ފާހަގަ ކުރައްވާފައިވާ މައްސަލަ އަކީ މިއީއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް