ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު- ފޮޓޯ: ސަން
އެސްޓީއޯއިން ޕާކު އެޅީ މާލެ ހިތްފަސޭހަ ތަނަކަށް ހަދަން: އަމްރު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 65 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ މާލެ ސިޓީގައި ހުޅުވި ޕާކާއި ބަސް ސްޓޮޕަކީ ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ހުޅުވި ޕާކެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ބަސް ސްޓޮޕަކާއި ޕާކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި ޕާކަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ އިތުރުން ބަހުގެ ހިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަކަމާއެކު އެ ހިދުމަތް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ހެދި ތަނެއް ކަމަށެވެ. 

މި ބަސް ސްޓޮޕާއި ޕާކަކީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. 

މި މަސައްކަތް ކުރުމުގައި އެސްޓީއޯ އަށް މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ބޮޑެ އެހީތެރިކަމެއް ލިބުނުކަން އަމްރު ފާހަގަ ކުރެއްވިއެވެ.

"މި މަސައްކަތަކީ މާލެ ސިޓީ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކޮށްފައިވާ މަސައްކަތެއް، މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އަމްރު ވިދާޅުވި އެވެ. 

your imageއެސްޓީއޯ އިން ރޭ ހުޅުވި ބަސް ސްޓޮޕް --- ފޮޓޯ: އެސްޓީއޯ

ޕާކު ސަރަހައްދު ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއެވެ. 

މިތަނުގައި މަސައްކަތް ކުރުމަށް އެސްޓީއޯގެ އެކި ޑިޕާޓްމަންޓުގެ މުވައްޒަފުން ނިކުތްކަން ފާހަގަ ކުރައްވާ، އެ މުވައްޒަފުންނަށް އަމްރު ޝުކުރުު އަދާ ކުރެއްވިއެވެ.

މާފަންނު ވެސްޓް ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ އެސްޓީއޯއިން ތަރައްގީކޮށްފައިވާ ޕާކު ފަރުމާކޮށްފައިވަނީ އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެހެން އިށީންނާނެ ބެންޗުތަކެއްގެ އިތުރުން އައުޓްޑޯ ޖިމަކާއެކުއެވެ. 

މި ސަރަހައްދުގައި އެސްޓީއޯއިން ވަނީ މާލެއާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދުއްވާ ބަސްތަކަށް ހާއްސަކޮށް އިތުރު ބަސް ސްޓޮޕެއް ތަރައްގީކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް