ads
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު: -
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު ވަކިކުރީ ރަނގަޅަށް: ސިވިލް ކޯޓު
ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް ކަން ކުރި މުސްއަބު އަބްދުﷲ ވަކިކުރީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އޭނާ މަގާމުން ވަކިކުރީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ހުއްޓައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިއެވެ. 

މިމަހުގެ 17 ވަނަ ދުވަހު ސިވިލްކޯޓުގައި ކުރިއަށް ދިޔަ މައްސަލައަކީ މުސްއަބު މަޤާމުން ވަކި ކޮށްފައިވާތީ އޭނާގެ ފަރާތުން ބަދަލު ހޯދުމަށް އެދި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލައެކެވެ.

އޭނާ އެ މަގާމުގައި ހުއްޓާ ފަސް ފަހަރު ސަސްޕެންޑު ވެސް ކުރިއެވެ. 

"މުޅި މައްސަލައަށް ބަލާއިރު، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ރަނގަޅަށް،" ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

މުސްއަބު މަގާމުން ދުރުކުރުމަށް މައްސަލަ ސީއެސްސީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. 

އެ މައްސަލައިގެ އިތުރުން ވެސް ފައިސާ އާއި މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ކަންކަމުގައި މުސްއަބު އިހުމާލުވެފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ހަތަރު ކަމެއް ސީއެސްސީ އަށް ހުށަހެޅިއެވެ. 

ސީއެސްސީން ވަނީ އެ ހުރިހާ މައްސަލައެއްގައި ވެސް މުސްއަބު އިހުމާލުވެފައިވާ ކަމަށް ނިންމާފައެވެ.

މުސްއަބު މަގާމުން ވަކިކުރި ސަބަބުތައް: 

1. މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުން

2. ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުން

3. ގަވާއިދާ ހިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުން

4. އޭނާއާ ދެކޮޅަށް ކިތަންމެ މައްސަލައެއް ހުށައެޅުނު ނަމަވެސް، އަނބިމީހާ ސީއެސްސީގައި ހުރިހާ ހިނދަކު އެއްވެސް ފިޔަވަޅެއް އޭނާއާމެދު އަޅަން ނުކެރޭނެ ކަމަށް ބުނުން 

5. ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް މީސްމީޑިއާގައި ހިއްސާކުރުން 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް