ads
ވޭމަންޑޫ ޕިކްނިކް ސަރަހައްދުގައި ބަޔަކު ދަތުރު ގޮސް--
ރާއްޖެ އެތެރެވާ ފަރާތްތަކުގެ ޓެސްޓެއް ނެގެޓިވްވާން ޖެހޭ: އިމިގްރޭޝަން
ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެވާ ފަރާތްތަކުގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައިވާ ގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދިވެހިން އަދި ވޯކް ވިސާ ގެންގުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ނެގަޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން މާލޭން އަތޮޅު ތެރޭގެ ރަށްތަކަށާއި ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ދިހަ ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި، އަތޮޅު ތެރޭގެ ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކުން ކޮންމެހެން ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެއް އަހަރުން ދަށުގެ ކުޑަކުދިންގެ ގައިން ސާމްޕަލް ނަގަން ނުޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ، ހާލަތު ރަނގަޅުވާން ފެށުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ގިނަ ފިޔަވަޅުތައް އުވާލައި، ލުއިތަކެއް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް