ads
ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު/ ފޮޓޯ:ރާއްޖެއެމްވީ
ދޮގު ވާހަކަ ފަތުރަން ފުރުސަތެއް ނުދޭނަން: ފެނަކަ
ފެނަކަ ކޯޕަރޭޝަނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަށް ފުރުސަތު ނުދޭނެކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ ނަން ކިލަނބު ކުރުމަށް ބައެއް އޮންލައިން ނޫސްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ނޫސް ބަޔާނެއް ނެރެފަ އެވެ. އޭގައި ބުނީ ފާއިތުވެ ދިޔަ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުންފުނީގެ ހިނގުމަށް ގެނެވުނު އިންޤިލާބީ ބަދަލާއި ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާއި ހިލާފު ވާހަކަތައް ލިޔަމުން އަންނަ ކަމަށެވެ. 

ފެނަކަ ކޯޕަރޭޝަނާއި މެދު މިހާރު ދެކެވެމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކަކީ، މިއަދު ހޯދިފައި، އަދި ހޯދަމުންދާ ކާމިޔާބުތަކަށް ހަސަދަވެރިވާ މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު
ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި އަމަލެއްކަމަށް ބުނެ އެވެ.

އަދި އެ ކުންފުނިން ދެމުންދާ ޚިދުމަތްތަކާއި، ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑުކިޔުމަށް މަރުހަބާ ކިޔާ ކަމަށާއި އެހެން ނަމަވެސް ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް އެކުންފުނިން ފުރުސަތު ނުދޭނެ ކަމަށެވެ. 

އެ ބަޔާނުގައި ބުނީ އެގޮތަށް ފަތުރާ ވާހަކައަކުން، އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސްޖެހުމަކާއި ނުލާ މަސައްކަތްކުރާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް