ads
ޑރ. ޖަމީލް
މަސްވެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން: ޑރ. ޖަމީލް
މަސްވެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ފެލިވަރު ފަޅުތެރޭ މަސްވެރިން ކުރާ މުޒާހަރާއާއި ގުޅިގެން ކުރި ޓުވީޓެއްގައެވެ.

އެގޮތުން އިގްތިސާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މަސްވެރިން ހާލުގައި ޖެހުމަކީ ގައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ހުރިހާ ބާރެއް ލިބުމުންވެސް މަސްވެރިންނަށް ހަމަ އަގު ނުދޭ ކަމަށެވެ. އަދި މިކަމަށް އޮތް ހައްލަކީ ވޯޓުން ސަރުކާރު ބަލި ކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މަސްވެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށް ޖަމީލް ވިދާޅުވިއިރު ޕީޕީއެމްގެ ވެރިކަމުގައި ވެސް މަސްވެރިން ވަނީ ހަމަ މި ޝަކުވާތައް ކޮށްފަ އެވެ. އަދި އޭރު ވެސް މަސްވެރިންނަށްވި ވައުދުތައް ފުއްދާފައެއް ނުވެ އެވެ.

މަސްވެރިން ފެލިވަރު ކައިރީ މުޒާހަރާ ކުރަން ފަށާފައިވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ސަރުކާރުން ހައްލުކޮށްނުދޭ ކަމަށް ބުނެއެވެ. އަދި މުޒާހަރާގެ ބައިވެރިންވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފެލިވަރުގެ މެނޭޖްމަންޓުގެ އިސްތުއުފާއަށް ގޮވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް