ads
ވިއްސާރަ ދުވަހެއް
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ ( މެޓް) އިން ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ވައިޓް އެލާތް ނެރިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްރަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިޔަދު ހެނދުނު 8:00 ކުން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.

މެޓުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެ ވެސް ރާއްޖޭގެ ރަށްރަށް މޫސުން ގޯހެވެ. 

މެޓް އިން ވަނީ އިއްޔެ ކ. އަތޮޅާ ވ. އަތޮޅުގެ ރަށް ތަކަށް ޔެލޯއެލާޓް ނެރިފައެވެ.

ކަނޑު ގަދަވެ ވައި ގަދަވުމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރާ ފަރާތް ތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފައްޗާއި ހަމާގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް