ads
މަސްވެރިން ފެލިވަރުގަ މުޒާހަރާ ކުރަނީ
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ލައިން ފަޅާލައި ފެލިވަރަށް އަރާފި
މަސްވެރިންގެ މުޒާހަރާ ހޫނުވެ ފުލުހުންގެ ލައިން ފަޅާލައިފި ފެލިވަރަށް މަސްވެރިން އަރައިފިއެވެ.

މި މުޒާހަރާއަކީ 5 ކަމަކަށް ޑިމަންޑުކޮށް ކުރާ މުޒާހަރާއެކެވެ. 

އޭގެ ތެރޭގައި މަހުގެ ހަމަ އަގު ހޯދައި ދިނުމާ، އައިސް ލިބުން ފަސޭހަކޮށް އަގުހެޔޮ ކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ. 

މީގެ އިތުރުން މަސްވެރިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސްވެރިންގެ ހާލަތު ބެލުމަށް ވެސް ވަނީ އެދިފައެވެ. 

މަސްވެރިން މިއަދު މުޒާހަރާ ކުރަމުން ދާއިރު، މަސްވެރިންނަށް ކޮވިޑު 19 އާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައި ގަތުމަށް 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫތަކެއް އަންނަ އަހަރުތެރޭގައި ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ކަމަށް ރައީސް އިބްރާހިމް ސާލިހު ވަނީ މި މަހުގެ 10 ވަނަ ދުވަހު ވިދާޅުވެފައެވެ. 

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. 

މި ޕްރޮޖެކްޓުގެ ދަށުން ގދ. ތިނަދުއާއި މ. މުލަކުގައި މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައިވެއެވެ. 

މަޝްރޫއުތައް ނިމުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

މި ފެށޭ އަހަރުގެ ތެރޭގައި ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެކަމަށާއި އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި  މުޅިން އަލަށް އަޅާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

36%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް