ads
ޝެއިހް އަލީ ޒައިދު--
ޑީއެންއޭ ހަދައިގެން ޝަރުއުގައި ނެތް ބައްފަ އުފަން ނުކުރެވޭނެ: ޝައިހް ޒައިދު
ޑީއެންއޭ ހަދައިގެން ޝަރުއުގައި ނެތް "ބައްފަ" އުފަން ނުކުރެވޭނެ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ނުރަސްމީ" ޓުވިޓާ އެކައުންޓު ކަމަށް ތުހުމަތު ކުރާ "އެލެކްސް އަހުމަދު"ގެ ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެ އެކައުންޓުން ކޮށްފައިވާ ޓުވީތުގައި ރާއްޖޭގެ ރަސްމީ ދީނީ އިދާރާ ތަކުގެ ދީނީ ފަތުވާ އަބަދުވެސް ހުންނަނީ ހަރުކަށި ވިސްނުމުގެ ނަމުގައި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި ނަސްލު ކަށަވަރު ކުރުމަށް ޑީއެންއޭ ހެދުން ހަރާން ވާންވީ ސަބަބެއް ނުފެންނަ ކަމަށް މި ޓުވީޓުގައިވެއެވެ.

މިކަމަށް ރައްދު ދެއްވާ ޒައިދު ވިދާޅުވީ ނަސްލު ކަށަވަރު ކުރުމަށް ޑީއެންއޭ ނެހެދޭނެއޭ އެކަކުވެސް ނުބުނާ ކަމަށެވެ. އަދި އެކަން އޮޅުވާ ނުލުމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ ޒިނޭ ކުރާ ހާލަތުގައި ޑީއެންއޭ ހަދައިގެން ޝަރުއުގައި ނެތް "ބައްފަ" އުފަން ނުކުރެވޭނެ ކަމަށެވެ. އަދި ބައިލޮޖިކަލް ނަޒަރުން ގުޅުމެއް އޮތް ނަމަވެސް، މާތް ﷲގެ ޝަރީއާގައި އޮތީ އެގުޅުމަށް ރިއާޔަތް ނުކުމަށް ކަމަށް ޒައިދު ވިދާޅުވިއެވެ.

https://twitter.com/alizaid1000/status/1341109204241641472

ޑީއެންއޭގެ މި ބަހުސަކީ ނަހަލާލަށް ބަލިވެ އިން މީހަކު ވިހޭ ކުއްޖެއްގެ ބައްޕައަކީ ކާކުކަން ސާބިތު ކުރަން ޑީއެންއޭ ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމަކާ ގުޅިގެން ފެށުނު ބަހުސެކެވެ. އެގޮތުން މި ހުކުމާ ގުޅިގެން ބަޔެއް މީހުންކަންބޮޑުވުން ފާޅުކުރިއިރު، އެ ހުކުމަށް ތާއީދުކޮށް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށްފައި ވެއެވެ. އެގޮތުން އެއް ބަޔަކު ވަނީ މި ހުކުމް ގުޅިފައި ވަނީ ބައްޕަ ސާބިތު ކުރުމާ ނޫން ކަމަށާއި، ގުޅިފައި ވަނީ ފިރިހެން މީހާ ޒިނޭކުރިތޯ ސާބިތު ކުރުމާ ކަމަށެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް