ads
ރައީސް އިބްރާހިމް މުހައްދު ސާލިހް
މަނާވާނީ ރައީސް ކަނޑައަޅުއްވާ ބާވަތްތަކުގެ ޕްލާސްޓިކު!
ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް، 18 ވަނަ އިސްލާހް ގެނައުމުގެ ބިލު ވަނީ މިމަހުގެ ހަތެއް ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކޮށްފައެވެ. އަދި މި ބިލު މިއަދު ވަނީ ރައީސް ސޯލިހް ތަސްދީގުކުރެއްވުމާއިއެކު ގާނޫނަކަށްވެފައެވެ. 

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނަކަކަށް ވެގެންދިޔައިރު ބިލަށް ވަނީ ބައެއް އިސްލާހުތައް ގެނެސްފައެވެ. އެގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހްތިޔާރު ރައީސް ލިބިގެންވެއެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު 2021 ވަނަ އަހަރުގެ އެކެއް ޖެނެއަރީގެ ކުރިން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބުނެފައިވެއެވެ. 

your imageސިންގަލް ޔޫސް ޕްލާސްޓިކް ފޮޓޯ:ހެޕީ މަގު

ގާނޫނުގައި ވާގޮތުން ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާއިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާވާނެ ތާރީހެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. އެހެންކަމުން މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ކަމަށް ބުނެފައިވާއިރު މިއަދު އެ ގާނޫނު ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ. އެހެންކަމުން މިއަދުން ފެށިގެން ރައީސް ސޯލިހް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެކެވެ. އަދި އެ ލިސްޓު 2021 ވަނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހު އާއްމުކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް