ads
ދަތުރު ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓުޓިކޮރިންއާއި ތިނަދޫއާއި ދެމެދު ކާގޯ ފެރީ ހިދުމަތް ފަށައިފި
އިންޑިއާގެ ޓުޓިކޮރިންއިން ސީދާ އައްޑޫއާއި ހުވަދު އަތޮޅަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓު ކާގޯ ދަތުރުކޮށް ގދ. ތިނަދޫއަށް ބަނދަރުކޮށްފި އެވެ.

ޓުޓިކޮރިންއާއި ތިނަދޫ ދެމެދު ޑައިރެކްޓް ޝިފިން ހިދުމަތް ފެށުމަށް މިއަދު ހަވީރު ތިނަދޫގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓު، "ބޮންތި" ވަނީ މިއަދު ތިނަދުއަށް 400 ޓަނުގެ މުދަލާއެކު ބަނދަރުކޮށްފައެވެ.

 އެ ހަފްލާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ ތިނަދޫގެ ތާރީހުގައި މިއީ ފަހުރުވެރި ދުވަހަކަށް ވާނެ ކަމަށެވެ. އެއީ ތިނަދޫގެ ބަނދަަރު ރީޖަނަލް ބަނދަރެއްގެ ގޮތުގައި އުފެދިގެން ދާނެ ދުވަހަކީ މިއަދު ކަމަށް ވާތީ ކަމަށް ސައީދު ވިދާޅުވިއެވެ. 

"އިރާދަކުރެއްވިއްޔާ މިއީ ފެށުމެއް މިއަދު އަޅުގަނޑުމެން މި ބޯޓު ބަނދަރު ކުރާއިރު 400 ޓަނުގެ މުދާ މިހުރީ. އެހެންނަމަވެސް އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަގީން ކުރަނީ މި ބޯޓު ފުރެންދެންވެސް ތިނަދޫއަށް މުދާ ކައިރި މުސްތަގުބޮލެއްގައި އަންނާނެ ކަމަށް. އަޅުގަނޑުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރާއްޖޭގެ ދެކުނުގެ ވިޔަފާރިވެރިންނަަށް މިފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފި މިކަމުގެ ސަބަބުން މިއަތޮޅުތަކަށް ޑައިރެކްޓްކޮށް މުދާ ގެނެވި އަދި ކުރިން މާލެއިން ގެންނަ މުދަލުގެ ބަދަލުގައި ސީދާ މިއަތޮޅުތަކަށް މުދާ ގެނެއުމުގެ ސަބަބުން އަގުހެޔޮވެގެންދާ އަގުހެޔޮވުން މުޅި އެންމެހައި ރައްޔިތުންނަށް ލިބިގެންދާނެކަމަށް" ސައީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ބަނދަރުތަކުގެ ސަބަބުން ލާމަރުކަޒީ ސިޔާސަތައް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއީ ޒުވާން ވިޔަފާރި ވެރިންނަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ. 

ޓުޓިކޮރިންއާއި ތިނަދޫ ދެމެދު ޑައިރެކްޓް ޝިފިން ހިދުމަތް ފެށުމަށް މިއަދު ތިނަދޫގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރު ނިޒާމު ހަރުދަނާކޮށް އެ ނިޒާމު ކައިރި ގައުމުތަކާޢި ގުޅާލެވި އެކަށީގެންވާ އަވަސް ހިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. 

" ޝައްކެއްނެތް ގޮތުގައި ދަތުރުފަތުރުގެ ދުވެލި އަވަސްވެ ކަނެކްޓިވިޮޓީ އިތުރުވެގެން ދިޔުން ތަކެތީގެ އަގުހެޔޮ ވެގެންދާނެ ރާއްޖޭގެ ދަތުރުފަތުރު ނިޒާމު ފުލާކުރުމުގެ ގޮތުން އަދުގެ ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތުން 26 ސެޕްޓެމްބަރު 2020 ގައި ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރަށް އިންޑިއާ ކޮޗިންއިން ކާގޯ ފެރީގެ ހިދުމަތް ފަށާ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އުތުރުގެ އަތޮޅުތަކަށް ވަނީ ގުޅާލެވިފަ. އަދި އޭގެ ދެމަސްފަހުން އައްޑޫއަށް މި ހިދުމަތްފެށީ މިއަދު ތިނަދޫ ސަރަހައްދީ ބަނދަރުން އިންޑިއާ ޓްޓުކޮރިން ކާގޯ ފެރީގެ ހިދުމަތް ފެށި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ދެކުނުގެ އަތޮޅުތަކަށް ގުޅާލެވި އަތޮޅުތަކުގެ އިގްތިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑޫ ކުރިއެރުމެއް" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ތިނަދޫގައި ބައިނަލް އަގުވާމީ އެއާޕޯޓަކާއި ބައިނަލް އަގުވާމީ ސީޕޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުތަކުގެ ތެރެއިން ބޮޑު ވައުދެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް