ads
ފަރީދު ދިދީ އާއި ޝާހިދު..
މިސާލަކަށް ބަލަނީ ފަރީދު ދީދީގެ ހިދުމަތް: މިނިސްޓަރު ޝާހިދު
ހާރިޖީ މަސައްކަތްތަކުގައި މިސާލަކަށް ބަލަނީ އަލް އަމީރު ހަސަން ފަރީދު ދީދީގެ އަގުހުރި ހިދުމަތްކަަމަށް ފޮރިިން މިނިސްޓަރަު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަމީރު ހަސަން ފަރީދު ދީދީ އަކީ ރާއްޖޭގެ ފުރަތަމަ ފޮރިން މިނިސްޓަރެެވެ. އެމަނިކުފާނުވަނީ ރާއްޖޭގެ ހާރިޖިއްޔާއަށް 1932 ވަނަ އަހަރުން ފެށިގެން 1944 ވަނަ އަހަރު ދަތުރުފުޅުމަތީގައި އަވަހާރާވުމާއި ހަމައަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. 

އެމަނިކުފާނު އަވަހާރާވެފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ބަނޑުހައި ހޫނުކަމުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދުމަށްޓަކައި އަަމިއްލަފުޅަށް ކޮލަންބޯއަށް ވަޑައިގަންނަވަނިކޮށް އެ ދަތުރުމަތީގައި 1944 ވަނަ އަހަރުއެވެ.

އަމީރު ހަސަން ފަރީދު ދީދީގެ ހިދުމަތުގެ ހަނދާން އާކުރައްވާ، ދާހިލިއްޔާއަށް 88 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާހިލިއްޔާއަށް 88 އަހަރު ފުރުން ފާހަގަކުރަމުންދާއިރު އެމަނިކުފާނު ހާރިޖީ ހިދުމަތުގައި މިސާލަކަށް ބައްލަވާ ބޭފުޅަކީ ފަރީދު ދީދީ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ފަރީދު ދީދީ އަވަހާރާވެފައިވަނީ ދާހިލީ މިޝަންނެއްގައި ހިދުަމަތުގައި ހުންނަވަނިކޮށް ކަމަށާއި ފަރީދުދީދީ ހިދުމަތަށް ބެހެއްޓެވި ޝައުގުވެރިކަމާއި ދެއްވި އަހުއްމިއްޔަތުކަމުން މިސާލު ނަންގަވާކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް